ރައީސް މިފަހަރު ރ އާއި ބ.އަތޮޅަށް

347017_ef6a3193-d_-2048x1365-1.jpg

ރައީސް ރ.އަލިފުށީގައި---ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫ ޑރ. މުހައްމަދު މުއިއްޒު ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މާޅޮސްމަޑުލު އުތުރުބުރިއާއި ދެކުނަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ ދެ އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން، އެ ދެ އަތޮޅުގެ އަތޮޅު ކައުންސިލާ ބައްދަލުކުރައްވާނެ އެވެ. އަދި ވަގުތު ލިބިވަޑައިގަތް މިންވަރަކުން ދެ އަތޮޅުގެ ވީހައި ގިނަ ރަށްތަކުގެ ކައުންސިލްތަކާއި ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފައްޓަވައިގެން މިހާރު ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކުރާނޭ ގޮތާމެދު މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މިދިޔަ މަހުގެ ތެރޭގައި ރައީސް ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ. އަތޮޅުގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވާފައެވެ.

އެ މަނިކުފާނު އުތުރުގެ ރަށްރަށަށް ޒިޔާރްތް ކުރައްވައި، ށ. އަތޮޅުގެ ހުރިހާ ކައުންސިލަކާއި ނ. އަތޮޅުގެ ވެސް އެންމެ ކައުންސިލެއް ފިޔަވައި ހުރިހާ ރަށެއްގެ ކައުންސިލުތަކާއި ކޮމިޓީތަކާ ބައްދަލުކުރެއްވިއެވެ.

ރައީސް ވިދާޅުވެފައިވަނީ، މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top