އޭދަފުއްޓަށް މާއްޑޫ ހިބަކޮށްދީ، އޭދަފުށި އާބަން ސެންޓަރަކަށް ހަދަން ނިންމަވައިފި

hjbn-1.jpg

އޭދަފުށީގެ ދެކުނުން ޖެހިގެން އޮތް މާއްޑުއަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައި، ރާއްޖޭގެ އަތޮޅުތަކުގައި ތަރައްގީ ކުރާ ހަތް އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރުގެ ގޮތުގައި އޭދަފުށި ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.

މިކަން އިއުލާން ކުރެއްވީ ރައީސް މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިކަން އިއުލާން ކުރެއްވުމަށް ފަހު ރައީސް ރޭ ދަންވަރު ވަނީ 54 ހެކްޓަރުގެ މާއްޑޫ، އޭދަފުށީގެ ބައެއްގެ ކަމުގައި ކަނޑައަޅުއްވައިފައެވެ.

ރައީސް އެ ގަރާރުގައި ސޮއި ކުރައްވާފައިވަނީ ރޭ ދަންވަރު އޭދަފުށީ ކައުންސިލާ އެއްކޮށް ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާކުރުމަށް ފަހުގައެވެ.

ރައީސް ޑރ މުއިއްޒު ވިދާޅުވީ އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖެއްސުމަކީ އެމަނިކުފާނުގެ ކެމްޕެއިންގެ ތެރޭގައި ވެވަޑައިގެންނެވި ވައުދެއްކަމަށާ، އެވައުދާ އެއްގޮތަށް މާއްޑޫ އޭދަފުއްޓާ ހަވާލުކުރަން ނިންމާފައިވާކަމަށެވެ.

“މިރޭ އަޅުގަނޑު އިއުލާން ކުރަން އިރާދަކުރެއްވިއްޔާ އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ އަޅުގަނޑުމެން ހަމަޖައްސައިފިން” ރައީސް ވިދާޅުވިއެވެ.

މާއްޑުއަކީ 1968 ވަނަ އަހަރާ ހަމައަށް މީހުން ދިރިއުޅެމުން އައި ރަށެކެވެ. އެރަށުގެ މީހުން އޭދަފުއްޓަށް ބަދަލުކުރެވުނީ ސަރުކާރުން އޭރު ކުރިޔަށް ގެންދިޔަ އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.

ރައީސް ވިދާޅުވީ މާއްޑުއަކީ މީގެފަހުން ދާއިމަށް އޭދަފުށީގެ ބައެއްކަމަށެވެ.

ރޭގެ ޖަލްސާގައި އޭދަފުށީ ރައްޔިތުންނަށް ރައީސް ދެއްވި އުފާވެރި އަނެއް ޚަބަރަކީ ރާއްޖެތެރޭގައި ތެރޭގައި ސަރުކާރުން ތަރައްގީ ކުރަން ނިންމާފައިވާ ހަތް އާބަން ސެންޓަރުގެ ތެރޭގައި އޭދަފުށި ހަމަޖައްސާފައިވާކަމެވެ.

މި ސަރުކާރުން އެންމެ އިސްކަމެއް ދެނީ ގެދޮރުވެރިކަން ޔަގީންކޮށްދިނުމަށް ކަމަށާއި އެގޮތުން މާލޭ ސަރަހައްދުން ބޭރުގައި ހިންގަން ނިންމާފައިވާ 40،000 ފްލެޓްގެ ތެރެއިން އިސްކަމެއް، އޭދަފުއްޓަށް ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިހާރު ވެސް އެ މަޝްރޫއުތައް އޭދަފުއްޓަށް ޕްލޭން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ބ. އަތޮޅަށް ރައީސް ކުރައްވާ މިދަތުރު ފުޅުގައި މިއަދު ހިތާދޫ، ތުޅާދޫ އަދި ކެންދުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top