އަނީސާގެ ރައްދު އަލީ އާރިފަށް: ރައްޔިތުންގެ ފެންވަރަށް ވެރިން ތިރިވާން ޖެހޭ

MeoCG6fdfzb0d4fCxz3wFgHKtSWL1Ziaex8ufYov.jpeg

ރައްޔިތުން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވާން ބުނުމުގެ ކުރިން ގައުމުގެ ވެރިން ރައްޔިތުންގެ ފެންވަރަށް ތިރިވާން ޖެހޭކަމަށް ކުރީގެ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު ވިދާޅުވެއްޖެއެވެ.

އަނީސާ މިހެން ވިދާޅުވެފައި މިވަނީ ރޭ ބޭއްވި ޕީއެންސީ ޖަލްސާއެއްގައި، މިދުވަސްވަރު ރައްޔިތުން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލާން ޖެހޭކަމަށް ވިދާޅުވެ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ރޭ ޕީއެންސީ ހަރުގޭގައި ވަރަށް ފޯރީގައި ވާހަކަ ދައްކަވަމުން އާރިފް އެދިވަދައިގަތީ މި ދުވަސްކޮޅު ކުރަންޖެހޭ ކަމަކީ ރައްޔިތުންވެސް ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށްް ތިރިވެލުމަށެވެ.

މިވާހަކަތަކަށް ރައްދު ދެއްވައި އަނިސާ ވިދާޅުވީ ރައްޔިތުންނަށް ނަސޭހަތްތެރި ވުމުގެ ކުރިން ވެރިން ރައްޔިތުންގެ ފެންވަރަށް ތިރިވާން ޖެހޭ ކަމަށެވެ.

”ތަންކޮޅެއް އާދައިގެ ދިރިއުޅުމެއް އުޅުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެވަޑައިގަތުމުގެ ކުރިން ރައްޔިތުންގެ ފެންވަރަށް ތިޔަބޭފުޅުން ތިރިވެވަޑައިގެން ނަމޫނާ ދައްކަވައިފިނަމަ ރައްޔިތުން ހިތްހަމަޖެހިގެން އެކަން ގަބޫލުކުރާނެ.“ ވަޒީރުކަން ކުރެއްވުމުގެ އިތުރުން ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ އަނީސާ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަމުން އާރިފް ވިދާޅުވީ މިހާރު ދައުލަތް އޮތް ހާލަތުން އަރައިގަތުމަށް މި ސަރުކާރަށްވެސް ފައިސާ ޗާޕުކުރެވިދާނެ ކަމަށެވެ. ނަމަވެސް އެއީ ޒިންމާދާރު ވެރިން ކުރާނެކަމެެއް ނޫންކަމަށް ވިދާޅުވެ އިޚްލާސްތެރި ވެރިންނަކީ އުނދަގޫވި ނަމަވެސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކަމަށާއި ޑރ މުއިއްޒު ކުރައްވަނީ އެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top