ކައުންސިލްތަކަށް މި ގޮތަށް އަންގާފައިވަނީ މިނިސްޓަރު މުހައްމަދު ޝަފީގު ސޮއިކުރައްވާ ނެރުއްވި ބަޖެޓާބެހޭ ސާކިއުލާގައެވެ.
މިނިސްޓަރުގެ ސާކިއުލާގައިވާ ގޮތުން މެދުރާސްތާ ބަޖެޓު ތައްޔާރުކޮށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ.
ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރާއިރު ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީ އާއި ސަރުކާރުގެ އިދާރާތަކުން ކޮންޑިޝަނަލް ގްރާންޓްގެ ގޮތުގައި ދޭ ހިލޭއެހީ އާއި ކައުންސިލްތަކުގެ ޓްރަސްޓް ފަންޑާއި ކައުންސިލްތަކަށް ލިބޭ އިތުރު އާމްދަނީ އެނގެން އޮންނަންވާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
އަދި ކައުންސިލްތަކަށް ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީގެ ބަޖެޓު ތައްޔާރުކުރަންޖެހޭނީ މި އަހަރުގެ މެދުރާސްތާގެ ބަޖެޓާއި 2025 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓެޖީގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ލަފާކޮށްފައިވާ އަދަދުތަކަށްވުރެ އިތުރުނުވާނެ ގޮތަށް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
ކައުންސިލްތަކުން މެދު ރާސްތާ ބަޖެޓެއް އެކުލަވާލަން ފިނޭންސް މިނިސްޓްރީން އަންގާފައި މިވަނީ އަތޮޅު ތެރޭގެ ރަށްރަށުގެ ރަށު ކައުންސިލަރުންގެ އަދަދު މަދުކޮށް އަދި އަތޮޅު ކައުންސިލް އެކުލެވޭ ގޮތަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސްް މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.