ޑރ.ޝަހީމްގެ ”އިސްލާމީ ނަޒަރިއްޔާތު“ ނެރެފި

Screenshot-2023-11-07-105051-qezwjac7ijgjgmu49koffiuu28yvt9r3j4ohue48es.png

ފޮޓޯ: އައިއޯސީ

އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ)ގެ ރައީސް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ލިޔުއްވާފައިވާ ”އިސްލާމީ ނަޒަރިއްޔާތު” ފޮތް ރޭ ނެރެފިއެވެ.

އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރަލް އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ދަށުން ތައްޔާރުކުރެއްވި މި ފޮތް ނެރެދެއްވީ އިލްމު އިންސްޓިޓިއުޝަންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެވިޑް ކޮލެޖްގެ ޗެއާމަން އަބުދުﷲ މުޝްތާޤް ރަޝާދެވެ.

އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާކަން ވެސް ކުރައްވާފައިވާ ޝަހީމް ލިޔުއްވި މި ފޮތުގައި ގައުމު ބިނާކުރުމާއި، ދައުލަތް ހިންގުމާއި، ވެރިކަން ހިންގުމުގެ އިދާރީ ނިޒާމާއި، ޓޫރިސްޓުންނަށް ރައްކާތެރިކަން ދިނުމާއި، އިސްލާމްދީނުގައި އަންހެނުންގެ މަގާމާއި، ދީނީ ފަތުވާ ދިނުމުގެ ނިޒާމާއި، އެ ނިޒާމު ހަރުދަނާ ކުރުން އަދި ޖިހާދު ކުރުމުގެ ފަލްސަފާ ފަދަ ބައިތައް ހިމަނުއްވާފައި ވެއެވެ.

ޝަހީމް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ޒަކާތާ ގުޅޭ ޒަމާނީ ފިގުހީ އުސޫލުތަކާއި ގާނޫނުގެ ތަސައްވުރުތަކުގެ މައްޗަށް ”ޒަކާތާއި ގުޅޭ ޒަމާނީ ފިޤުހީ އުސޫލުތަކާއި ޤާނޫނުގެ ތަސައްވުރު”ގެ ނަމުގައި ލިޔުއްވި ފޮތެއް ވެސް ނެރުއްވާފައެވެ. މީގެ އިތުރުން ވެސް ”ލިޔާންގެ މައްސަލާގައި ޑީއެންއޭގެ ޙުއްޖިއްޔަތު”، ”ނަބީކަލޭފާނުގެ ޙަޔާތްޕުޅު” ފަދަ ގިނަ ފޮތްތަކެއް ލިޔުއްވާފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top