މިފްކޯއަށް މަސް ގަންނަ އަގު ކުޑަކުރަން މަޝްވަރާކުރަނީ

big_zspCPcA1IXKRmVR8CAhthlHpF.jpg

މިފްކޯގެ މަސް ފެކްޓަރީ---ފޮޓޯ: އަވަސް

ރިޔާސީ އިންތިޚާބާ ދިމާކޮށް މިފްކޯއަށް 25 ރުފިޔާއަށް މަސް ކިލޯއެއް ގަންނަން ނިންމާފައިވާ ނިންމުން ބަދަލުކުރުމުގެ މަޝްވަރާ ފަށައިފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ މިއަދު ވިދާޅުވީ މަހުގެ އަގު މިވަގުތު ބާޒާރުގައި ހުރި ގޮތަށް ބަލާއިރު އެ ކުންފުނިން މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ވުރެ ކުޑަކުރަންޖެހޭ ކަމަށެވެ. އެހެންނޫނީ ކުންފުނީގެ ޚަރަދުތައް ދެކޮޅު ނުޖެހި ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ. އަދި މިފްކޯ މިހާރުވެސް އޮތީ ސަރުކާރުގެ އެހީތެރިކަމެއް ނުލިބި ކުރިއަށް ގެންދިއުމަށް ދަތިވާ ހާލަތެއްގައި ކަން އޭނާ ފާހަގަކުރެއްވި އެވެ.

ފައުޒީ ވިދާޅުވީ މަސް ގަންނަ އަގު އަލުން މުރާޖައާ ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީއާ ކަމާ ގުޅޭ އެހެން އިދާރާތަކާ ދެމެދު މަޝްވަރާތައް ހިނގަމުންދާ ކަމަށެވެ.

މިފްކޯ އަށް މަސް ކިލޯއެއް 17 ރުފިޔާއަށް ގަންނަމުން ދަނިކޮށް މިދިޔަ ސެޕްޓެމްބަރުގެ ތެރޭގައި އެ އަގު 25 ރުފިޔާއަށް ސަރުކާރުން ބޮޑު ކުރީ ރާއްޖެއިން ޔޫރަޕްގެ މާކެޓަށް ވިއްކާ މަހުން ނަގާ 22 ޕަސެންޓްގެ ޓެކްސް ކަނޑާލުމާ ގުޅޭ މަޝްވަރާތައް ޕޮޒިޓިވްކޮށް ކުރިއަށްދާ ކަމަށް ބުނުމަށްފަހު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top