ކޮވިޑް -19: މާލެއިން އަންނަ މީހުން ކައުންސިލަށް ރިޕޯޓު ކުރައްވާ!- އޭދަފުށީ ކައުންސިލް

ކައުންސިލް.jpg

އޭދަފުށީ ކައުންސިލްގެ އިދާރާ

މާލެއިން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނުމާ ގުޅިގެން އެކަމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެއިން އޭދަފުއްޓަށް އަންނަ މީހުން އޭދަފުށީ ކައުންސިލަށް ރިޕޯޓް ކުރެއްވުމަށް އެދެފިއެވެ.

މިކަމާ ގުޅިގެން މިއަދު އޭދަފުށީ ކައުންސިލުން އާއްމު ކޮށްފައިވާ އެންގުމެއްގައިވަނީ، މާލެއިން ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައިވާތީ މާލެއިން އޭދަފުއްޓަށް ދަތުރުކުރާ ފަރާތްތަކުން ކައުންސިލަށް ފޯނު ނަންބަރު 7787307، 7740374، 9660663، 7549171، 9676070 އާއި ގުޅުއްވައިގެން މައުލޫމާތު ހިއްސާ ކުރެއްވުމަށެވެ.

މި އެންގުމަށް 15 އެޕްރީލް ގެ 13:00 އިން ފެށިގެން މާލެއިން އަންނަ ހުރިހާ ފަރާތްތަކުން އަމަލު ކުރެއްވުމަށާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރެވެމުންދާ މަސައްކަތަށް އެއްބާރު ލެއްވުން ބޭނުންވާ ކަމަށްވެސް ކައުންސިލުގެ އެންގެވުމުގައި ބުނެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top