ބ.އަތޮޅު ތައުލީމީ މަރުކަޒު ، ދެ މުބާރާތުންވެސް ބަލިވެއްޖެ

large_imagesmv-Qkinr1521817101-AFCL7673.jpg

މިހާރު ކުޅެވެމުންދާ މައިލޯ އިންޓަރސްކޫލް 18 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުންނާއި ބެޑްމިންޓަން މުބާރާތުންވެސް ބ.އަތޮޅު ތައުލީމީ މަރުކަޒު ބަލިވެއްޖެއެވެ.

އިއްޔެ ހަވީރު ބއތމ.ގެ ފުޓްބޯޅަ ޓީމް ވާދަކުރަން ޖެހުނީ ވިލާ އިންޓްނޭޝަނަލް ހައިސްކޫލްގެ ވަރުގަދަ ޓީމާއެވެ. މިމެޗުން 3-1 އިން ބަލިވުމުގެ ސަބަބުން  ބ. އަތޮޅު ތައުލީމީ މަރުކަޒު މި މުބާރާތުގެ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރުވަނީ ކެނޑިފައެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒަށް ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ގެއްލުނީ މިއަދު މެޗުން ޕޮއިންޓެއް ނުހޯދުމުންނެވެ. ތައުލީމީ މަރުކަޒަށް ދެން ފުރުސަތު ލިބޭނީ އަހްމަދިއްޔާ މެޗުން މޮޅުވެ، ވިލާ – ސީއެޗްއެސްއީ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

ހެންވޭރު ދަަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ފެށިގެން މެޗުގެ ތެރއަށް ރަނގަޅަށް  ނުވަދެވި އުޅެނިކޮށް ވިލާ އިން ލަނޑެއް ޖެހުމުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމަށް ލިބުނު ކުއްލި ހައިރާން ކަމާއެކު ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުނީ  އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ވިލާއިން މޮޅަށް ކުޅެ ތައުލީމީމަރުކަޒުގެ ކޮޅަށް ދެލަނޑު ޖަހައި ލީޑު ފުޅާ ކުރިއެވެ. އެއާއެކު މެޗު ނިމުމުގެ ކުރިން ތައުލީމީ މަރުކަޒުން ލަނޑެއް ޖަހައި ބޯޑުން ސުން ކަނޑުވާލުމަށްފަހު 3-1 އަށް ނަތީޖާ ބަދަލު ކުރިއެވެ.

4 ސްކޫލަކުން ވާދަކުރާ މި މުބާރާތުގައި ކޮންމެ ޓީމެއް މިހާރު ދެ މެޗު ކުޅެފައިވާއިރު، އެއްވަނައިގައި ކުޅުނު ދެ މެޗުން މޮޅުވެގެން، އޮތީ 6 ޕޮއިންޓާއެކު އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

މިއަދުގެ މޮޅާއެކު ވިލާ އޮތީ 3 ޕޮއިންޓާއެކު ދެވަނައިގަ އެވެ. ސީއެޗްއެސްއީ އާއި ބ. އަތޮޅު ތައުލީމީ މަރުކަޒަށް ދެ މެޗުން ލިބުނީ 1 ޕޮއިންޓެވެ.

މުބާރާތުގައި ތައުލީމީ މަރުކަޒު ދެން ބައްދަލު ކުރާނީ އަހުމަދިއްޔާ އާއެވެ. މި މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.

ބެޑްމިންޓަން މުބާރާތުގައި ވާދަ ކުރަމުން އަންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެޑްމިންޓަން ޓީމް ވެސް ރޭ ސެމީ ފައިނަލުގައި ވ. ކެޔޮދޫ އަތުން ބަލިވުމުގެ ސަބަބުން  މުބާރާތުން ވަނީ ކަޓައިފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top