މެޑިފްލެކްސް، އޮމިކްރޯން އަށް ޓެސްޓް ކުރަން ތައްޔާރުވެއްޖެ

320230_3_1d72f1f358b5fda3247b3722b764d09e8b5a4022_large.jpeg

މެޑިފްލެކްސް ލެބޯޓްރީގައި ޓެސްޓެއް ހަދަނީ.-- ފޮޓޯ: މެޑިފްލެކްސް

ކޮވިޑްގެ ކޮން ވޭރިއެންޓެއް ދެނެގަތުމަށް ހަދާ ޖީން ސީކުއެންސިން ޓެސްޓު ހެދުމަށް ޖީން ސީކުއެންސިންގައި އެމެރިކާގެ އެންމެ ވަރުގަދަ ކުންފުނި، އިލުމިނާއާ ގުޅިގެން ތައްޔާރު ވެފައިވާ ކަމަށް މެޑިފްލެކްސް އިން ބުނެފިއެވެ.

މެޑިފްލެކްސް ލެބްގެ އިސް އޮފިޝަލަކު ވިދާޅުވީ ހެލްތް މިނިސްޓްރީން ހުއްދަ ދިނުމާއެކު އެ ޓެސްޓްތައް ހެދޭނެ ކަމަށެވެ. އޭރުން އެ ލެބް ވެގެންދާނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮވިޑް ސާމްޕަލްގެ ޑީއެންއޭ ސީކުއެންސިން ހަދާ ލެބަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ހުއްދަ ހޯދުމުގެ ކުރިން ސީކުއަންސިންގެ ޓްރައަލް ރަން (އަޖުމަ ބެލުމުގެ ޓެސްޓް) ތަކެއް މިދިޔަ ހަފްތާގައި ހަދާފައި ވާނެ ކަމަށާ، މިގޮތުން ކޮވިޑަށް ޕޮޒިޓިވް 24 ސާމްޕަލެއްގެ ވޭރިއަންޓް ޓެސްޓް ކުރި ކަމަށެވެ.

މި ޓެސްޓްގެ ނަތީޖާ ދައްކާ ގޮތުން މީގެ ތެރެއިން 23 ސާމްޕަލަކުން ފެނިފައި ވަނީ ޑެލްޓާ ވޭރިއަންޓް ކަމަށާ، އެއް ސާމްޕަލުން އާ ވޭރިއަންޓް، އޮމިކްރޯން ފެނިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިކަން ހުސްވި ހަފްތާގައި ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރަށް އަންގާފައިވާނޭ ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވިއެވެ.

މިވަގުތު ރާއްޖެއިން ސީކުއަންސިން ހަދަމުން ދަނީ ބޭރަށް ސާމްޕަލް ފޮނުވައިގެންނެވެ.

މެޑިފްލެކްސް ލެބުން ބުނީ އެލެބުން ޑީއެންއޭ ސީކުއަންސިން ހެދުމަށް ބޭނުން ކުރަނީ ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް މިކަން ކުރަން ބޭނުން ކުރާ ޕްރޮގްރާމްތައް ކަމަށާ، މިކަމަށް އެލެބުގެ މުވައްޒަފުން ވެސް ތަމްރީނު ކޮށްފައި ވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top