ރެޑްވޭވުން ފޮތިކޮތަޅު ދެނީ ހިލޭ

big_FifxeFkCRascCklpr5SG6OGJr.jpg

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަހުމަދު ސަލީމުގެ ރެޑްވޭވް ކުންފުނީގެ ފިހާރަތަކުން ކަސްޓަމަރުންނަށް ފޮތި ކޮތަޅު ދެނީ ހިލޭ ކަމަށް އެކުންފުނިން ބުނެފި އެވެ.

ރެޑްވޭވްގެ ފިހާރަތަކުން ވިޔަފާރި ކުރުމުން ކަސްޓަމަރުން ނަށް ދޭ ފޮތި ކޮތަޅު ހިލޭ ދޭން ނިންމީ ކަސްޓަމަރުންގެ އެދުމުގެ މަތިންނެވެ.

ރެޑްވޭވުން ބުނީ ޕްރިންޓް ކޮށްފައިވާ އެ ކޮތަޅަށް އެކަނި އެ ކުންފުނިން މަހަކު އަށް ލައްކަ ރުފިޔާގެ ހޭދައެއް ކުރާ ކަމަށާއި ސަރުކާރުން ކޮތަޅު ޓެކްސް ނަގަން ފެށުމުން އެ ކުންފުނީގެ އެ ކޮތަޅުން އެއް ރުފިޔާ ނަގަން ވެސް ފެށިކަމުގައެވެ.

ރާއްޖޭގެ އެންމެ އަގުހެޔޮ ފިހާރައިގެ ގޮތުގައި މަޝްހޫރުވެފައިވާ ރެޑްވޭވުން ކޮތަޅުގެ ޑިމާންޑް ކިތަންމެ މަތިވި ނަމަވެސް ހިލޭ ކޮތަޅު ދޭގޮތަށް ނިންމީ ނަމަވެސް ކަސްޓަމަރުންގެ އެދުމުގެ މަތިން ނެވެ. އެއީ މިވަގުތު ކަސްޓަމަރުނަށް ލުއިދީ ޕްލާސްޓިކާ ދުރަށް ދާން ހިތްވަރުދޭން ކުންފުނީގެ ވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ އިރުޝާދުގެ ދަށުން ދަށުންނެވެ.

“ރެޑްވޭވުން މިދޭ ކޮތަޅަކީ ޕްރިންޓިން އަށް ވެސް ބޮޑު ހޭދައެއް ކުރާ އެއްޗެއް. އަދި ވަރުގަދަވެސް ވާނެ. މިހާރު ކަސްޓަމަރުންނަށް ހިލޭ މިކޮތަޅު ލިބުމަކީ ލިބިގެންދާނެ އިތުރު ފަސޭހައެއް،” ރެޑްވޭވް މެނޭޖަރު އަލީ ޝަހީމް ވިދާޅުވި އެވެ.

މެނޭޖަރު އަލީ ވިދާޅުވި ގޮތުގައި އެ ކުންފުނިން ކޮތަޅު ހިލޭ ދޭއިރު ކަސްޓަމަރުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮތަޅު ގިނަ ދުވަހު ބޭނުން ކުރަން ދޭ އިރުޝާދެކެވެ.

“މިއީ ރީޔޫސަބަލް ކޮތަޅެއް. އެހެންވެ މި ވީހާވެސް ގިނަ ދުވަހު ބޭނުން ކުރުން ކަސްޓަމަރުންގެ ކިބައިން އެދެނީ،” އޭނާ ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top