މާލެއިން ފުރާ ލޯންޗު ފެރީތަކަށް ނަސަންދުރާ ކުރިމަތި ޖެޓީ

eid-coverage-2018-120-1200x800.jpg

ވަގުތު އިމޭޖްސް: އަމީން ފަހުމީ

މާލެއިން އެމްއެމްއޭ ކުރިމަތިން ރަށްރަށަށް ފުރަމުން އައި ލޯންޗު ފެރީތައް، އިއްޔެއިން ފެށިގެން ނަސަންދުރާ ކުރިމަތީ ޖެޓީން ފުރާ ގޮތަށް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.

މި ބަދަލު ގެނައީ، އެމްއެމްއޭ ކުރިމައްޗާއި ބާރާޒުމަތި ކައިރިވުމުން އެ ސަރަހައްދުގައި ކޮންމެ ދުވަހަކު ވެސް ޓްރެފިކް ބާރުބޮޑުވެ، އާންމުންނަށް އުނދަގޫތަކާ ކުރިމަތިވަމުން ދާތީ އެ މައްސަލަ ހައްލުކުރަން ކަމަށް އެ ކައުންސިލުން ބުންޏެވެ .

އަދި މި ނިންމުމަކީ ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހުގައި ކަމަށާއި ނަސަންދުރަ ކުރިމަތިން ލޯންޗު ފެރީތައް ފުރާ ގޮތަށް ހަމަޖެއްސުމުން ދަތުރުވެރިންނަށް ވެސް ފަސޭހަވެގެން ދާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ނަސަންދުރާ ކުރިމަތިން ފުރާ ގޮތަށް ހަމަޖެހިގެން ދިޔުމުން ފަޅުތެރެ ހަމަޔަކަށް އެޅިގެންދާނެ ކަމަށްވެސް  ސިޓީ ކައުންސިލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top