މިއަހަރު ދަމު ނަމާދަށް އަންނަ މީހުން އާދަޔާ ހިލާފަށް ގިނަ – އޭދަފުށީ ކައުންސިލް

miskiy-1-800x450-800x450.jpeg

ބ. އޭދަފުށި ހުކުރު މިސްކިތުގެ ޖަމާއަތުގައި ބަޔަކު ނަމާދުކުރަނީ. މިސްކިތުގެ ކާޕެޓް އާކުރުމަށް އަމިއްލަ ކުންފުންޏަކުން ހިލޭ އެހީ ދިނުމަށް އެްބަސްވެފައިވާކަމަށް ކައުންސިލުން ބުނޭ / ފޮޓޯ: އޭދަފުށި ވޮއިސް

މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރު ރަމަޟާންމަހު ފަހު ދިހައިގައި ކުރަމުންދާ ދަމު ނަމާދުގެ ޖަމާއަތަށް މިސްކިތަށް އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިދިޔަ އަހަރު ދަމު ނަމާދަށް އެންމެ ގިނަ އަދަދަކަށް އައިކަމަށް ބެލެވުނީ ތިންސަތޭކަ ފަންސާހެއްހާ މީހުންކަމަށާ، ނަމަވެސް މިއަހަރު އެއަދަދު ފައްސަތޭކައާ ގާތްކުރާކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ. މިސްކިތުގެ އިމާމާ ހަވާލާދީ އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް ވިދާޅުވީ ދަމުނަމާދަށް އަންނަ ޒުވާނުންނާ، ކުޑަކުދިންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާކަމަށާ، އެކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ.

“ރަށުން ބޭރުން ވަޑައިގަންނަވާ ބޭފުޅުންވެސް ވަރަށް ބޮޑަށް ހައިރާންވާ ކަމެއް މިއީ. އަޅުގަނޑު ވަރަށް އުފާކުރަން މިރަށުގެ ރައްޔިތުން ދީނީ ކަންކަމަށް މިހާބޮޑަށް ސަމާލުކަން ދެއްވާތީ. އަންހެން ފިރިހެން އެއްކޮށް ބަލާނަމަ ފައްސަތޭކައެއްހާ މީހުން ދަމުނަމާދަށް ދާނެކަމަށް ދައްކާ” ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ މިސްކިތަށް އަންނަ މީހުންގެ އަދަދު އިތުރުވިނަމަވެސް އޭދަފުށި ބޮޑު މިސްކިތުގެ ޖާގައިގެ ދަތިކަމާއި، އެހެނިހެން ދަތިކަންކަން ކައުންސިލުން ފާހަގަކޮށް އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ހާއްސަކޮށް މިހާރު އޮތް ކާޕެޓް ވީ އެންމެ އަވަހަކަށް ބަދަލުކުރުމަށް މަސައްކަތް ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“ރޯދައިގެ ފަހުން ސީލިންގްވެސް އިރާދަކުރެއްވިއްޔާ ރަނގަޅު ފެންވަރަކަށް ހަދާ މުޅީން ނިމޭނެ. އެއާކަންޑިޝަންވެސް މިހާރުމިކުރެވުނީ. ދެން އެންމެ ބޮޑު އިސްކަމެއްދޭނީ ކާޕެޓް އާކުރުމަށް. މިހާރު އޮތް ކާޕެޓް އެޅިފަހުން 12 ވަރަކަށް އަހަރުވެފައި އެއޮތީ. ޖާގައިގެ ދަތިކަން ހައްލުކުރުމަށްވެސް އަޅުގަނޑުމެން ވިސްނަމުންގެންދާނަން”

700 އަށްވުރެ ގިނަމީހުން އެއްފަހަރާ ނަމާދުކުރެވޭ ޖާގަ އޮންނަ އޭދަފުށި ހުކުރު މިސްކިތަކީ 1995 ވަނައަހަރު އެރަށުގެ ރައްޔިތުންގެ ބުރަ މަސައްކަތާއި، ސަރުކާރުގެ އެހީގައި ބިނާކޮށްފައިވާ އަދަޔާހިލާފު ރީތި މަސައްކަތްތައް ދައްކައިދޭ މިސްކިތެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top