މަންތާ އެއާގެ ދަތުރުތައް ރާއްޖެއިން ބޭރަށް، ފުރަތަމަ އިންޑިއާއަށް

big_7rQh3UPiYmNhCnIM3plEYUzby-1.jpg

މަންތާ އެއަރ ގެ ބޯޓެއް ހުޅުލޭ ވައިގެ ބަނދަރުގައި

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ މަންތާ އެއާލައިން،  ރާއްޖެއިން ބޭރުގެ ދަތުރުތައް ފެށުމަށްވެސް ތައްޔާރުވެއްޖެއެވެ.

މަންތާ އެއާލައިންގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

މަންތާ އެއާލައިންގެ ސީއީއޯ މުޙައްމަދު ހަލީލް ވިދާޅުވީ، މަންތާ އެއާ އިތުރަށް ފުޅާކޮށް ދަތުރުކުރާ މަންޒިލްތައް އިތުރުކުރުމުގެ ވިސްނުން އެ ކުންފުނިން ގެންގުޅޭކަމަށެވެ. އެގޮތުން ވަރަށް އަވަހަށް ބައިނަލްއަގްވާމީ ދަތުރުތައް ފެށިގެން ދާނެކަމަށް ހަލީލް ވިދާޅުވިއެވެ. އެގޮތުން އެންމެ ފުރަތަމަ ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ އިންޑިއާއަށްކަމަށް އޭނާ ވިދާޅުވިއެވެ.

“މިހާރު އަޅުގަނޑުމެން މިއުޅެނީ އިންޑިއާއަށް ފުރަތަމަ ސްޓާޓްކުރަންވެގެން. މިހާރު އިންޑިއާގެ ފައިނަލް އެޕްރޫވަލް ޕްރޮސެސްތެރޭގައި އޮތީ. އިންޑިއާގެ ސިވިލް އޭވިއޭޝަނުން ފައިނަލް ވާއިރަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިންޑިއާގެ އޮޕަރޭޝަންތައް ފަށާނަން. އިންޑިއާ މާކެޓް ރަނގަޅު ވެއްޖެނަމަ އިންޑިއާގެ އިތުރު ޑެސްޓިނޭޝަންތަކަށްވެސް ދެވޭނެ. ދެން އަދި ބިޔޯންޑް އިންޑިއާއަށްވެސް އަޅުގަނޑުމެން ބަލާނަން.” ހަލީލް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top