އިންޓަރސްކޫލް ގުރުއާން މުބާރާތަށް ބ.އަތޮޅުން ނުވަ ކުދިން

DSCN072.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ މިދިޔަ .އަހަރުގެ ގުރުއާން މުބާރާތުގެ ތެރެއިން

އަންނަ މާޗްމަހު ފެށުމަށް ހަމަޖެހިފައިވާ އިންޓަރސްކޫލް ޤުރުއާން މުބާރާތުގައި  ބ.އަތޮޅުން ބައިވެރިކުރަނީ ނުވަކުދިން ކަމުގައި އީވީއަށް މައުލޫމާތު ލިބިއްޖެއެވެ.

މުބާރާތުގައި ބައިވެރިކުރުމަށް ކުދިން ނަގާފައިވަނީ އަތޮޅުގެ ސްކޫލްތަކުން ކުދިން ބައިވެރިކޮށްގެން ދަރިވަރުންގެ މެދުގައި އޮޑިޝަނއް ބެއްވުމަށްފަހު ހޮވުނު ކުދިންގެ މެދުގައި މިދިޔަ ހަފްތާ ބަންދުގައި މުބާރާތެއް ބާއްވައިގެންނެވެ.

އެގޮތުން މިއަތޮޅު ސްކޫލުތަކުން ހޮވާފައިވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ތިން ކުދިންނާއި ތުޅާދޫ އާއި ކެންދޫ އަދި މާޅޮހު ސްކޫލުން ދެ ދަރިވަރުންނެވެ.

ޖަޖުންގެ ޕެނަލް އަކުން މި މުބާރާތަށް ހޮވާފައިވާ ކުދިންނަކީ :

1. ޝަމާއިލް މުހައްމަދު ނަސީރު .  ހިޔާ، ހިތާދޫ (ބ. އަތޮޅު ތައުލީމީ މަރުކަޒު)
2. ނޫމާ މުހައްމަދު.  އަނޯނާގެ، އޭދަފުށި (ބ. އަތޮޅު ތައުލީމީ މަރުކަޒު)
3. އަޝްހާ އަލީ ވަހީދު.  އަލިތަރި، އޭދަފުށި (ބ. އަތޮޅު ތައުލީމީ މަރުކަޒު)
4. އިޝާ ރަޝީދު.  ފިޔަޖަހާގެ، ތުޅާދޫ (ތުޅާދޫ ސްކޫލް)
5. އަޢުފާ ރަޝީދު.  ސަތަހަ، ތުޅާދޫ (ތުޅާދޫ ސްކޫލް)
6. އައިޝަތު އިބާނާ އަހްމަދު.  ޝާހިލް (މާޅޮހު ސްކޫލް)
7. ދުންޔާ ރަޝާދު.  ފިޔާތޮށިގެ، މާޅޮސް (މާޅޮހު ސްކޫލް)
8. މަލްދާ ޒާކިރު، ދާއިރާ.  ކެންދޫ (ކެންދޫ ސްކޫލް)
9. ހަމްނާ ޢަބްދުﷲ އަބްދުއްލަތީފް.  ދޮންވެލި، ކެންދޫ (ކެންދޫ ސްކޫލް)

އިންޓަ ސްކޫލް ޤުރުއާން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ 15 ގައި މާލޭގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top