ރޯދަމަހު ކިހާދޫ ދަނޑުތަކުން އެއްޗެއް ނުލިބޭނެ – ކައުންސިލް

Kihaadhoo.jpg

ބ. ކިހާދޫގައި މިދިޔަ އަހަރު ހެއްދި ދަނޑެއް. މިއަހަރު ރޯދައަށް ކިހާދޫގެ ދަނޑުތަކުން ނެރެވޭ ބާވަތްތައް ވަރަށް ދަށްވާނެކަމަށް އެރަށު ކައުންސިލުން ބުނޭ / ފައިލް ފޮޓޯ

އަންނަ ރޯދަމަހު ބ. ކިހާދޫ ދަނޑުތަކުން ބާޒާރަށް ނެރެވޭ ތަކެތީގެ އަދަދު ވަރަށްބޮޑަށް މަދުވާނެކަމަށް ކިހާދޫ ކައުންސިލުން ބުނެފިއެވެ.

ރޯދައަށް ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުން އީވީން ދެންނެވި ސުވާލަކަށް ޖަވާބުދެމުން ކިހާދޫ ކައުންސިލުން ބުނީ މިއަހަރު ދަނޑަށް އެދިފައިވަނީވެސް އަށެއްކަ މީހުންކަމަށާ، ވިޔާދާ ގޮތަކަށް ދަނޑުވެރިކަމެއް މިއަހަރު ނުކުރާ ކަމަށެވެ. ކިހާދޫ ކައުސިލްގެ ޒިންމާދާރުވެރިޔާ އަބްދުﷲ ނަސީމް އީވީއަށް ވިދާޅުވީ ދަނޑުވެރިކަން ދަށްވުމުގައި މާކެޓް ނުލިބުމާއި، އެހެނިހެން މައްސަލަތައް ދަނޑުވެރިން ފާހަގަކުރާކަމަށެވެ.

“މާކެޓް ނުލިބުމެއް އެކަންޏެއްވެސް ނޫން. އަސްލުގާ ދަނޑުތައް މިހާރު ނުވެސް ހެދެނީ. ރޯދައަށް ކަރާކޮޅެއް މިރުސްކޮޅެއް ނުލިބޭނެއެކޭ ނުބުނާނަން. އެކަމަކުވެސް ހައެއްކަ ދަނޑުގައި މިއަހަރު ދަނޑު އެހައްދަނީ” ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ މިއަހަރު ހައްދާ ދަނޑުތަކުން މުޅިރަށަށް ބޭނުންވާ ވަރަށް ކަރައާއި، މިރުސް އަދި ތަރުކާރީ ހެއްދުނު ނަމަވެސް އަތޮޅުތެރެއަށް ވިއްކާނެ އެއްޗެއް ނޯންނާނެކަމަށެވެ.

“ރަށުގަ ކާބޯ ހަދާލެވޭ ވަރުވާނެ ގައިމުވެސް. ރަށުން ބޭރަށް ވިއްކާނެ އެއްޗެއް ނޯންނާނޭ ބުނާނީ. މިހެން ބުންޏަސް ކޮންމެވެސް ވަރަކަށް ނުވިއްކާނެއެކޭ ނޫން މިދަންނަވަނީއަކީ”

ނަސީމް ވިދާޅުވީ ދަނޑުވެރިކަން އެރަށުން ފަނޑުވަމުންދާތާ ދުވަސްތަކެއް ވެއްޖެކަމަށާ، މިމަސައްކަތަށް ނުކުންނާނެ ޒުވާނުން ނެތުމަކީވެސް މަސައްކަތް ހީނަރުވަމުންދާ ސަބަބެއްކަމަށެވެ.

500 އަށްވުރެ ބޮޑު އާބާދީއެއް އޮތް ކިހާދުއަކީ ބ. އަތޮޅުގައި ދަނޑުވެރިކަން ގަވާއިދުން ކުރަމުން އަންނަ2 ރަށުގެ ތެރެއިން 1 ރަށެވެ. އަތޮޅުގައި ދަނޑުވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރަނީ ބ. ގޮއިދޫގައެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ބައެއް ރަށްރަށާއި، ފަޅުރަށްރަށުގައިވެސް ދޭތެރެ ދޭތެރެއިން ދަނޑު ހައްދައި ހަދައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top