ދިވެހި ރުފިޔާގެ ނިޝާނެއް ފަރުމާކޮށްދޭނެ މީހަކު ހޯދަނީ

Rufiyaa-1.jpg

ދިވެހި ފައިސާގެ ނިޝާނެއް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އިއުލާނު ކޮށްފިއެވެ.

މިކަމާ ގުޅިގެން އެމްއެމްއޭއިން ނެރެފައިވާ އިއުލާނެއްގައި ބުނީ ދިވެހި ރުފިޔާ އަށް ބޭނުންކުރާނެ ނިޝާނެއް ފަރުމާކުރަން ނިންމީ އެހެން ގިނަ ގައުމުތަކުގައިވެސް، އެ ގައުމެއްގެ ފައިސާއަށް ޚާއްސަ ކޮށްގެން ނިޝާނެއް ބޭނުން ކުރަމުން އަންނަ އިރު، ދިވެހި ރުފިޔާ އަށް ވެސް އެފަދަ ނިޝާނެއް ބޭނުން ކުރަން އެމްއެމްއޭ އިން ނިންމާފައިވާތީ ކަމަށެވެ.

ދިވެހި ރުފިޔާއަށް ބޭނުންކުރާނެ ނިޝާނެއް ފަރުމާކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ފެބްރުއަރީ 21 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެމްއެމްއޭ އަށް ޕްރޮޕޯސަލް ހުށަހަޅަން އެދޭ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އެމްއެމްއޭ އިން އާއްމުކޮށްފައިވާ ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރުއެފްޕީ) ގައި ބުނެފައިވާގޮތުން ދިވެހި ރުފިޔާގެ ނިޝާނެއްގެ ގޮތުގައި ބޭނުން ކުރުމަށް ޑިޒައިނެއް ހޮވުމަށް ފަހު، އެ ޑިޒައިން ވާނީ އެމްއެމްއޭގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ އަކަށެވެ.

ދިވެހި ރުފިޔާގެ ނިޝާނުގެ ގޮތުގައި ބޭނުންކުރަން ހޮވޭ ޑިޒައިން ފަރުމާކުރި ފަރާތަށް 20،000 ރުފިޔާގެ އިނާމެއް ދޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ދިވެހި ރުފިޔާ ރަމްޒު ކުރުމަށް މިހާރު ބޭނުން ކުރަނީ mvr އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top