މާދަމާ ހިފާ އިރުކޭތަ އަކީ ފަޅިކޭތަ އެއް. ކޭތަ ނަމާދުކުރުން ހެނދުނު 10:30ގައި

img_md_202006200832311592667151.6655.jpeg

އެނިއުލާ އެކްލިޕްސް ނުވަތަ އިރު ކޭތަ / ފޮޓޯ: ރިޕަބްލިކް ވޯލްޑް

މާދަމާ ހެނދުނު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކޭތަ ނަމާދު ކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އޭދަފުށީގައި ކޭތަނަމާދު ކުރުން އޮންނާނީ  މާދަމާ ހެދުނު 10:30 ގައި އޭދަފުށީ މަސްޖިދު މުއީނުންދީނުއްޘާނީ ގައެވެ.

އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، މާދަމާ ހެނދުނު އެނިޔުލާ އެކްލިޕްސެއް ނުވަތަ އިރުގެ އަނގޮޓި ކޭތައެއް ހިފާނެ ކަމަށެވެ. އެހެންކަމުން މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ކޭތަ ނަމާދު ކުރުމަށް ނިންމާފައެވެ.

ފަލަކީ ހިސާބުގެ އިލްމުވެރިއެއް ކަމަށްވާ ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުވެސް ވިދާޅުވީ މާދަމާ ހިފާ އިރުކޭތަ ރާއްޖެއަށް ފެންނާނީ ފަޅިކޭތައެއްގެ ގޮތުގައި ކަމަށެވެ.

މި އިރުކޭތައާ ގުޅިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ހުންނަ އެންމެ ބޮޑު މިސްކިތުގައި ހެނދުނު 10:30 ގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެހެން ކަމުން އެ މިނިސްޓްރީން ވަނީ މިކަން އިންތިޒާމުކޮށް ހަމަޖެއްސުމަށް ހުރިހާ ކައުންސިލަކަށް އަންގާފައެވެ.

ރާއްޖެ އަށް އިރު ކޭތަ ހިފަން ފަށާނީ މާދަމާ ހެނދުނު 9:31 ގައެވެ. އަދި ކޭތަ އެންމެ ބޮޑަށް 10:51 ގައި ހިފާފައި ހުންނައިރު، ކޭތަ މުޅިން ވީއްލާނީ މެންދުރު 12:14 ގައެވެ. މި ކޭތައަކީ ހަމަ ލޮލަށްފެންނާނެ ކޭތައެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކޭތަ އެންމެ ސާފުކޮށް ފެންނާނީ އެކްސްރޭ ފަދަ ހުރަހެއް ބޭނުންކޮށްގެން ކަމަށެވެ.

އިރުކޭތަ ހިފަން މެދުވެރިވަނީ ދުނިޔޭގެ ވަށައިގެން ހަނދު ބުރުޖަހަމުން ދާއިރު، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެ، އިރުގެ އައްޔަށް ހުރަސް އެޅުމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top