އެސްޓީއޯއިން ރަށްރަށަށް ރޯގާބޭސް ފޮނުވަން ފަށައިފި

big_oyysDEq9M6PKFMv.jpg

އެސްޓިީއޯގެ އެމްޑީ ސަހީރު

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުމާއި ރޯގާ އަށް ބޭނުންވާ ބޭސްތައް އަތޮޅުތެރެއަސް ފޮނުވުމުގެ ގޮތުން އެސްޓީއޯއިން  ޑިސްޓްރިބިއުޝަން ސެންޓަރެއް ގިޔާސުއްދީން ސްކޫލްގައި ގާއިމުކޮށް ނީ ހުރިހާ ރަށެއްގެ ފާމަސީ ތަކުން ހުސްނުވެ ހުމާއި ރޯގާއަށް ބޭނުންވާ ބޭސް ލިބެން ހުންނާނެ ކަމުގެ ޔަގީންކަން ދީފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ އެމްޑީ އަހުމަދު ޝަހީރު ވިދާޅުވީ، އެމެޖެންސީ ޑިސްޓިބިއުޝަން ސެންޓަރެއް ގާއިމުކުރީ ރަށްރަށް ބޭސް ފަސޭހަކަމާއެކު ޕެކްކޮށް، އެކަން ލުއި ފަސޭހަ ގޮތެއްގައި ކުރުމަށް ކަމަށެވެ.

“އަތޮޅުތަކުގައި ހެދިފައިވާ ހުރިހާ ފާމެސީތަކުން ހުމާއި ރޯގާއަށް ބޭނުންވާ ބޭސްތައް ހުސްނުވެ ލިބެން ހުންނާނެ، އަދި ރީޖަނަލް ހުރިހާ ހޮސްޕިޓަލް ހުރި ތަންތަނުގައި އެސްޓީއޯގެ ސްޓޮކެއް ބެހެއްޓިފައި ހުންނާނެ، އެހެންވީމަ އަތޮޅުތަކުގައި ހެދިފައިވާ ކުދި ފާމަސީތަކުން ބޭސް ހުސްވަމުން ދިޔަ ނަމަވެސް ޑިސްޓިބިއުޝަން ސެންޓަރުން ތަކުން ބޭސް ފޮނުވަމުން ދާނެ،”  ޝަހީރު ވިދާޅުވިއެވެ.

ޝަހީރު ވިދާޅުވީ، ކުރިއާ އަޅާބަލާއިރު ބޭހުގެ ޑިމާންޑް ވަރަށް ބޮޑުވެފައިވާ ކަމަށާއި ނަމަވެސް ބޭސް ހުސްނުވާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.

އެސްޓީއޯއިން ގާއިމުކުރި އެމެޖެންސީ ޑިސްޓްރިބިއުޝަން ސެންޓަރުގެ މަސައްކަތްތައް ހުމާއި ރޯގާގެ ކަންކަން ހަމައަކަށް އެޅެންދެން ކުރިއަށްދާނެ ކަމަށް ވެސް ޝަހީރު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހިމެނޭ ގޮތަށް އެޗްޕީއޭއިން އިއްޔެ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ އަންގާރަ ދުވަހު 2334 މީހެއް ފަރުވާ ހޯދާފައިވާ އިރު އޭގެ އަނެއް ދުވަހު އެ ބައްޔަށް ފަރުވާ ހޯދި މީހުންގެ އަދަދު ވަނީ 1890 އަށް މަދުވެފައެވެ. އަދި ބުރާސްފަތި ދުވަހު ރޯގާއަށް ފަރުވާ ހޯދި މީހުންގެ އަދަދު 2540 އަކަށް އިތުރުވި ނަމަވެސް އިއްޔެ އެ އަދަދު ވަނީ 1543 އަށް މަދުވެފައެވެ.

މިދިޔަ ހަތަރު ދުވަސް ތެރޭގައި އަތޮޅުތަކު ތެރެއިން އެންމެ ގިނައިން ރޯގާއަށް ފަރުވާ ހޯދާފައި ރ. އަތޮޅުންނެވެ. އެ އަތޮޅުން ރޯގާ ޖެހިގެން ފަރުވާ ހޯދާފައި ވަނީ 433 މީހުންނެވެ. އަދި އެ މުއްދަތު ތެރޭގައި އެންމެ މަދުން ފަރުވާ ހޯދާފައި ވަނީ ވ. އަތޮޅުންނެވެ. އެއީ 21 މީހުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top