ބ. އަތޮޅު ކައުންސިލުން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް

ސްކޫލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން ބ. އަތޮޅު ކައުންސިލުގެ ފަރާތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފެށުމަށް ނިންމަފިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު ބ. އަތޮޅު ކައުންސިލުން ބުނީ މި ފަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން 2 ކުއްޖަކު ހޮވާނެ ކަމަށެވެ. އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް އަތޮޅު ކައުންސިލްގެ އެކި ސެކްޝަން ތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތާއި ސަރުކާރު އޮފީހެއްގައި އާއްމުކޮށް ކޮށްއުޅޭ މަސައްކަތްތައް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ސްކޫލް ކިޔެވުން ނިންމުމަށްފަހު ދަރިވަރުން މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުވައި މަސައްކަތުގެ ތަޖުރިބާ ހޯދައިދިނުން ކަމަށް އަތޮޅު ކައުންސިލުން ބުނެއެެވެ.

މިއީ އަތޮޅު ކައުންސިލުން މި ޕްރޮގްރާމް ހިންގާ ދެވަނަ ފަހަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top