ގޯތިލިބޭ މީހުންގެ ވަގުތީ ލިސްޓު މާދަމާ އާއްމުކުރަނީ

DSCN3530-800x490-800x490-800x490-800x490-800x490-800x490.jpg

އޭދަފުށި ހިއްކު ބިމުން ބައެއް-- އީވީ ފައިލް ފޮޓޯ

2014ވަނަ އަހަރު އޭދަފުށީގައި ހިއްކި ބިމުން ގޯތިލިބޭ މީހުންގެ ވަގުތީ ލިސްޓު މާދަމާ އާއްމު ކުރާނޭކަމަށް އެ ކައުންސިލުން ހާމަކޮށްފި އެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލު އަބްދުއްރަހުމާން މީގެ އެއް ހަފްތާ ކުރިން ވިދާޅުވި ގޮތުގައި ގޯތިތަކަށް އެދި ހުށައަޅާފައިވާ 662 ފޯމް ޗެކްކޮށް ޕޮއިންޓް ދީ މިހާރު ވަނީ ރީޗެކްކޮށް ނިމިފައެވެ.

ގޯތިލިބޭ މީހުންގެ ވަގުތީ ލިސްޓް އާއްމު ކުރުމާއެކު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާ ދާއިމީ ލިސްޓް އާއްމު ކުރާނީ ވަގުތީ ލިސްޓަށް ހުށަހަޅާ ޝަކުވާތަކާއި އެއަށް ގެންންނަޖެހޭ އެއްވެސް އުނި އިތުރެއް އޮތްނަމަ އެކަމެއް ސާފުކޮށް ނިމުމަށް ފަހުގައި ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

އޭދަފުށީ ހިއްކި ބިމުން ފުރަތަމަ ބުރުގައި ދޫކުރަން ނިންމާފައިވަނީ 158 ގޯއްޗެވެ.

ބިންފުރި ތޮއްޖެހުމުގެ ސަބަބުން އޭދަފުށިން ގޯތިދޫކުރުން 1989 ވަނަ އަހަރަށްފަހު އޮތީ މެދުކެނޑިފައެވެ. މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން 2014 ވަނަ އަހަރު އޭދަފުށީ ފަޅުން 25 ހެކްޓަރުގެ ބިންވަނީ ހިއްކައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top