އޭދަފުށިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާއްމު ކޮށްފި

DSCN3530-800x490-800x490-800x490-800x490-800x490-800x490-800x490-800x490.jpg

އޭދަފުށީ ހިއްކި ބިމުން ބައެއް--އީވީ ފައިލް ފޮޓޯ

އޭދަފުށިން އަލަށް ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާއްމު ކޮށްފިއެެވެ.

އޭދަފުށީ ކައުންސިލުން މިއަދު އާއްމު ކޮށްފައިވާ އިއުލާނެއްގައި ބުނީ އޭދަފުށިން އަލަށް ދޫކުރުމަށް ނިންމާފައިވާ 158 ގޯއްޗަށް އެދި ފޯމް ހުށައަޅާފައިވާ މީހުންގެ ވަގުތީ ލިސްޓާއި ގޯއްޗަށްއެދި ފޯމް ހުށައަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން އަދި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓުވެސް އާއްމު ކޮށްފައިވާނޭ ކަމަށެވެ.

އިއއުލާނުގައި ވާގޮތުން މި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މި ހިނގާ ޖަނަވަރީ މަހުގެ 24 ވަނަދުވަހުން ފެށިގެން ހުޅުވާލާފައިވާއިރު ޝަކުވާ ހުށައެޅުމުގެ ސުންގަޑި އަންނަ ފެބްރުވަރީ މަހުގެ 11 ވަނަދުވަހުގެ މެންދުރު 12 އާއި ހަމައަށް ހަމަވާނެއެވެ.

ކައުންސިލުން ވަނީ އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށައަޅަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ހުޅަވާލާފައެވެ. އެކަމަކު މިގޮތަށް ޝަކުވާ ހުށައަޅާ ފަރާތްތަކުން އީމެއިލް ލިބުނު ކަން ކަށަވަރު ކުރެއްވުމަށް ކައުންސިލާ ގުޅުއްވުމަށް އެދެއެވެ.

ޝަކުވާ ސިޓީ ހުށައަޅުއްވާއިރު އެފަރާތަކާއި ގުޅޭނެ ފޯނު ނަންބަރާއި ކާކުކަން ސީދާ އެނގޭ ގޮތަށް އައިޑީ ކާޑު ނަންބަރާއެކުހުށައެޅުއްވުމަށްވެސް ކައުންސިލުން އެދެއެވެ. އަދި އަނގަ ބަހުންނާއި ފޯނުން ޝަކުވާ ހުށައެޅުމަށް ހަމަޖެހިފައިނުވާކަމަށް އިއުލާނުގައި ބުނެފައިވެއެެވެ.

ވަގުތީ ލިސްޓް ލިންކް:
ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ވަގުތީ ލިސްޓް:

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top