ވެކްސިން ދޭން ފަށާނީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހު

large_161113881336CxXy-1.jpg

ވެކްސިން ހިފައިގެން ރާއްޖެ އައި އެއާ އިންޑިއާގެ ފްލައިޓު -- ފޮޓޯ : ސަން

ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިން ޖަހަން ފަށާނީ، ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭކަމުގެ ޔަގީން ކަން ލިބުމުން ކަމަށް ކޮވިޑް ވެކްސިން ޓާސްކް ފޯސް ގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އިންޑިއާ އިން މިއަދު ރާއްޖެއަށް ހަދިޔާ ކުރި ވެކްސިންއާ ގުޅޭ ގޮތުން “ރާއްޖެ ޓީވީ” އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މި ވެކްސިން ރާއްޖޭގެ ރައްޔިތުންނަށް ދޭނީ ރާއްޖޭގައި ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލާ ހުރިހާ މިންގަޑުތަކަކަށް ބެލުމަށްފަހު ކަމަށާއި ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިތީގެ ހުއްދަ ވެސް ހޯދާނެ ކަމަށެވެ.

“އެ ހަމަ ވެކްސިން އިންޑިއާގެ ސީރަމް އިންސްޓިއުޓްއަށް ސަބް ލައިސަންސް ދީގެން، ސީރަމް އިންސްޓިއުޓްގައި ތައްޔާރުކޮށްފައިވާ ވެކްސިންއެއް، ސީރަމް އިންސްޓިއިޓް އިން މީތި ކޮވިޑްޝީލްޑްގެ ނަމުގައި މި ނެރެނީ”. ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ޖަހާނީ ރައްކާތެރިކަން ކަށަވަރު ކުރެވޭ ވެކްސިން ކަމަށާއި، ވެކްސިން ހޯދުމުގެ ކަންކަން ކަން ކުރިއަށްދާއިރު، ރާއްޖޭގައި ވެކްސިން ރެޖިސްޓަރ ކުރުމަށް ކުރަން ހުރި ހުރިހާ ކަންކަން ފުރިހަމަ ކުރާނެ ކަމަަށެވެ.

އަދި މި ވެކްސިންއަކީ ޑަބްލިވްއެޗްއޯއިން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީގެ ތެރެއިން ގައުމުތަކަށް ދޭން ކަނޑައަޅާފައިވާ ވެކްސިނެއްކަންވެސް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

“އެހެންވީމަ އަޅުގަނޑުމެން އުއްމީދު ކުރަން ވަރަށް އަވަހަށް ޑަބްލިވްއެޗްއޯގެ އެމާޖެންސީ ޔޫސް ޓެސްޓިންގވެސް މި ވެކްސިން ލިބޭނެ ކަަމަށް، ރާއްޖޭގެ އެމްއެފްޑީއޭއިންވެސް އެ ބައްލަވާ މިންގަނޑުތަކަށް ބެލުމަށްފަހު ރަޖިސްޓަރ ކުރެވިގެން އަޅުގަނޑުމެން މި ވެކްސިން ޖަހާނީ”. ޑރ. ނަޒްލާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top