އޭދަފުށީ ދަނާލަށް ކުރިމަތިލީ އެންމެންނަށް ޖާގައެއް ނުދެވުނު – ތައުލީމީ މަރުކަޒު

3525.jpg

އޭދަފުށީ ރެސިޑެންޝަލް ލާނިސްގް ސެންޓަރ (ދަނާލު) ން އަންނަ އަހަރު ޖާގަހޯދުމަށް އެދުނުގިނަބަޔަކަށް ޖާގަދެވޭގޮތް ނުވިކަމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނެފިއެވެ.

އެމަރުކަޒުން ބުނީ ދަނާލުން އަންނަ އަހަރަށް ޖާގަ ހޯދުމަށް ހަތްފަރާތަކުން އެދުނުކަމަށާ، އެއެންމެންނަށް ޖާގަދެވޭވަރަށް ދަނާލުގައި އެޕާޓްމަންޓް ނެތްކަމަށެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްކޫލް އެޑްމިނިސްޓްރޭޓަރ އަހްމަދު އަލީ (ދޮންބޭބެ) ވިދާޅުވީ ޖާގައިގެ މައްސަލަ ބޮޑުވެ، މިނިސްޓްރީންވެސް މިކަމުގެ ތެރެއަށް ވަންނަ ހިސާބަށް ގޮސްފައިވާކަމަށެވެ.

“މިހާރުވެސް މިއުޅެނީ ދަނާލަށް ހުށައެޅި މީހެއްގެ މައްސަލަ އެޑިއުކޭޝަނަށް ފޮނުވައިގެން. މީޑިއާއަކަށް މައުލޫމާތު ދޭކަން އަޅުގަނޑުމެން ބޭނުމެއްނޫން. މިހާރުވެސް ޖާގަ ނުލިބި ކިޔުގަ އެބަތިބި 4 މީހުން. ކޮންތާކުން ޖާގަދޭނީ” އަހްމަދު އަލީ ވިދާޅުވިއެވެ.

އަހްމަދު އަލީ ވިދާޅުވީ ދަނާލުން ޖާގަހޯދުމަށް ކޮންމެ އަހަރަކުވެސް އިތުރުބަޔަކު ހުށައަޅާ ކަމަށާ، ނަމަވެސް ބޭނުންވާ އަދަދަށް އެތަނުން ޖާގަދެވެން ނޯންނަކަމަށެވެ.

“ވަރަށް ބާރުބޮޑު ކޮންމެ އަހަރަކުވެސް. އަނެއްކާ ވަންނަ ބަޔަކުވެސް ނުކުންނާކަށް ބޭނުމެއްނުވޭ. ހައްލުވާނީ ދަނާލު ބޮޑުކޮށްގެން”

ސުނާމީ ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓްގެ ދަށުން އޭދަފުށީގައި ގާއިމްކޮށްފައިވާ ދަނާލުގައި 3 ކޮޓަރި ހިމެނޭގޮތަށް ސޯޅަ އެޕާޓްމަންޓާއި، 4 ކޮޓަރި ހިމެނޭގޮތަށް 4 އެޕާޓްމަންޓާއެކު ޖުމްލަ 20 އެޕާޓްމެންޓް ހުރެއެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މިވަގުތު ދަނާލުގައި 250 ހެއްހާ މީހުން ދިރިއުޅެމުންދާ ކަމަށެވެ.

ދަނާލުން ޖާގަ ނުދެވި އެތަނަށް ބާރުބޮޑުވަމުންދާއިރު، އޭދަފުށީގައި އިތުރު ސްކޫލަކާއި ދަނާލެއް އެޅުމުގެ މަޝްވަރާތައް ކުރެވެމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިހަފްތާ ވަނީ ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top