ބ. އަތޮޅުގައި ރާގޮނޑި މަސްވެރިކަން ތިޔާގިވެ، މަހުގެ އަގު ދަށަށް

latti.jpg

ބ. އަތޮޅުގެ ރަށްރަށުގައި މިދުވަސްވަރު ރާގޮނޑި މަސްވެރިކަން ވަރަށް ބޮޑަށް ތިޔާގިވެއްޖެއެވެ.

ބ. އަތޮޅުގެ ރަށްރަށުގެ ކެޔޮޅުން ބުނަނީ މިދިޔަ އަހަރުތަކާއި ހިލާފަށް މިއަހަރުގެ ފާއިތުވި މަހެއްހާދުވަހުވެސް ރާގޮނޑި މަސްވެރިކަން އާދަޔާހިލާފަށް ރަގަޅު ކަމަށާ، ދުވާލަކު ހާހުން ކޮންމެ ދޯންޏެއްވެސް ބާނަމުންދާކަމަށެވެ.

ބ. އަތޮޅު އޭދަފުށީ ބަނދަރު ސަރަހައްދުގައި އިއްޔެ މެންދުރެއްހާއިރު 3 ދޯންޏެއް “މުޅި ދޯނި ފުރައިގެން” މަހުން ލަފާފައި އޮތެވެ.

އޭދަފުށީ ބަނދަރު ސަރަހައްދުށް މަހުން އައި ދޯންޏެއްގެ ކެޔޮޅަކު ބުނީ “މުޅިއަތޮޅުގެ ކަނޑުތަކުގައިވެސް ކޮންމެ ދިމާލަކުން ޖެއްސިޔަސް އޮތީ ހުސް ރާގޮނޑިކަމަށާ،” މިވަރުކަމެއް މިއިން ދުވަހަކު ނުފެންނަ ކަަމަށެވެ.

“މާއްޑޫ ގިރިކައިރިން މިއަދު ބޭނީ. ކެންދޫ މީހުން އެއޮށްބާނަނީ ފަރެސް ކައިރިން. މުޅިއަތޮޅުގެ ކަނޑުތައް ފުރާ ރާގޮނޑި އޮތީ އެމީހަކު ބާނާނެ ތާކުން ކުރުދޮށީގައި ބާނަނީ”

latti-1

އީވީއާ ވާހަކަ ދެއްކި ކެންދޫ މީހަކު ބުނީ އެރަށުގެ މަގުތަކުގައި “ފައި ޖައްސާލާނެ ތަންކޮޅެއްވެސް ނެތް” ކަމަށާ، މަގުތައް ފުރާ މަސްއަވީލާފައިވާކަމަށެވެ.

“މަސްދުވަސްވެއްޖެ މިގޮތަށް ބާނާތާ. މެންދުރުވާއިރު ހާހުން ދެހާހުން، ފަސްހާހުން ބާނައިގެން އެއޮއް ލަފަނީ. މުޅިރަށް މިއޮތީ މަހާއިގެން ނޫޅެވޭވަރުވެފަ” ކެންދޫން ވާހަކަދެއްކި މީހާ ބުންޏެވެ.

އަތޮޅުގެ ކެޔޮޅުން ބުނަނީ މިއީ އާދައިގެ މަސްވެރިކަމެއް ނޫންކަމަށާ، މޫސުމީ ގޮތުން ބަލާއިރު މިދުވަސްވަރު މިފަދަ މަސްވެރިކަމެއް މީގެކުރިން ނުދެކޭކަމަށެވެ.

އަނެއްކޮޅުން އަތޮޅުގެ ރާގޮނޑި މަސްވެރިކަން ރަގަޅު ވުމާއެކު މަހުގެ އަގުތައް މިއިން ދުވަހަކު ދަށަށް ނުދާވަރަށް ދަށްވެފައިވާކަމަށްވެސް އޮޑިވެރިން ބުނެއެވެ. އޭދަފުށީގައި ވަޅޯމަސް ކިލޯއެއް މިހާރު އުޅެނީ 40 ރުފިޔާއިން ދަށުގައެވެ. އަދި ރޯމަސް ކިލޯއެއް ފަނަރަ ރުފިޔާއަށް ދަށްވެފައިވާކަމަށްވެއެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top