ބާރްތީ ، ޗުއްޓީ ހޭދަކުރުމަށްފަހު ފުރައިފި

bhartisingh.jpg

ހިންދީ ބައެއް ފިލްމްތަކުންނާއި ޓެލެޑްރާމްތަކުން ފެންނަ ކޮމެޑިއަން އެކްޓްރެސް ބާރްތީ ސިންގ (ބާރްތީ ) ޕެރެޑައިސް އައިލެންޑް ރިސޯޓްގައި އާއަހަރު ފާހަގަކުރުމަށް ފަހު ފުރައިފިއެވެ.

ބާރްތީ ޗުއްޓީ ހޭދަކުރުމަށްރާއްޖެ އައިސްފައިވަނީ އާއިލާއާ އެކުގައިކަމަށް އިންޑިއާ ނޫސްތަކުން ޚަބަރު ދެއެވެ.

ބާރްތީ ސިންގްގެ އިންސްޓަގުރާމް އެކައުންޓުގައި މިއަދު ޕޯސްޓް ކޮށްފައިވާ ފޮޓޯއެއްގައި އޭނާ ލިޔެފައިވަނީ، ރާއްޖެ ދޫކޮށް އެނބުރި ގައުމަށް ދާން ބޭނުން ނުވާ ކަމުގައެވެ . ހަމަމިއާއެކު އޭނާދަނީ ރާއްޖޭގެ ހަނދާންތައް އާކުރަމުން ރާއްޖޭގެ މަންޒަތުތައް އޭނާގެ އިންސްޓަގްރާމްގައި އަޕްލޯޑް ކުރަމުންނެވެ.

ބާރްތީ އަކީ އިންޑިއާގެ ސިނަމާގައި އެއްމެ ފާހަގަކޮށްލެވޭ އަންހެން ސްޓޭންޑްއަޕް ކޮމީޑިއަން އެވެ. ބައެއް ފިލްމުތަކުގައިވެސް ކޮމެޑީ ރޯލުތައް ކުޅެފައިވާއިރު ބާރްތީ މިހާރު ގިނައިން ފެންނަނީ ޓީވީ ޝޯތަކުންނެވެ.

ނިމިގެން މިދިޔަ އަހަރަކީ ބޮލީވުޑްގެ މަޝްހޫރު އެތައް ތަރިންނެއް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން އައި އަހަރެކެވެ. ތަރިންގެ ތެރޭގައި ސޮނާކްޝީ ސިންހަ އާއި ކެޓްރީނާ ކައިފްގެ އިތުރުން އާލިއާ ބަޓް އާއި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު ވެސް އާއިލާއެކު ވަނީ ރާއްޖޭގައި އުފާވެރި ޗުއްޓީއެއް ހޭދަކޮށްފައިކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top