އެސްޓީއޯ އިން ”ކޯނޭ“ އެސްކަލޭޓަރު ތައާރަފް ކޮށްފި

big_Ga5ZiUYcUG87QfpKwKgS5cPUF.jpeg

''ކޯނޭ '' އެސްކެލޭޓަރު ތައާރަފް ކުރުމުގެގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ :އަވަސް

އެސްޓީއޯ އިން ”ކޯނޭ“ ބްރޭންޑްގެ އެސްކަލޭޓަރު ތައާރަފުކޮށްފި އެވެ.

ދުނިޔޭގެ އެންމެ މަގްބޫލު އެއް ބްރޭންޑް ކަމުގައި “ކޯނޭ” އެސްކަލޭޓަރު ރާއްޖޭގައި މި ތައާރަފް ކުރީ ”ކޯނޭ” ބްރޭންޑްގެ ލިފްޓްވެސް ރާއްޖެއަށް ތައާރަފްކޮށް ރާއްޖޭގެ މާކެޓުގައި ބޮޑު މަގްބޫލު ކަމެއް ހޯދުމަށް ފަހުއެވެ.

އެސްކެލޭޓާ ރާއްޖެ ގެނެސް އިންސްޓޯލް ކޮށްދިނުމަށް އެސްޓީއޯ އާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މިއެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ޖެނެރަލް މެނޭޖާ މުހައްމަދު އީމަން އެވެ. އެސްޖޭ ކޮންސްރަކްޝަންގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑައިރެކްޓާ ޝިހާދު އިބްރާހިމް އެވެ.

އެސްޓީއޯ އިން ބުނީ އަލަށް ތައާރަފްކުރި ކޯނޭ އެސްކެލޭޓާ އެންމެ ފުރަތަމަ ހަރުކުރެވިގެން ދާނީ އެސްޖޭ ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި ހަދަމުންގެންދާ އެސްޖޭ ޝޮޕިން މޯލްގައި ކަމަށެވެ.

ފިންލޭންޑްގެ އުފެއްދުމެއް ކަމަށްވާ ކޯނޭ އެސްކެލޭޓާ އަކީ ރައްކާތެރި އަދި ތިމާވެއްޓާއި ރަހުމަތްތެރި އުފެއްދުމެއް ކަމަށް އެސްޓީއޯއިން ބުންޏެވެ. މިއީ ISO 14001 ސޭފްޓީ މިންގަނޑުތަކުގައި ހިމެނުމުގެ އިތުރުން އެންޓި ރައިޑް / އެންޓި ސާފް ބެރިޔާ އަދި ބަލުސްޓްރޭޑް އެކްސްޓެންޑްކޮށް، ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ އުފެއްދުމެއް ކަމަށް އެކުންފުނިން ބުންޏެވެ.

މީގެ އިތުރުން ދެމެހެއްޓެނިވި ލެޑް ލައިޓުން 80 ޕަސެންޓާ ހަމައަށް ކަރަންޓު ހަރަދު ކުޑަކޮށްދޭ ކަމަށާއި އީކޯ-އެފިޝަންޓް އޮޕަރޭޝަނަލް މޯޑުގައި އެސްކަލޭޓާ އޮޕަރޭޓް ކުރެވޭ ކަމަށް ވެސް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top