50 ކައުންސިލެއްގެ އިދާރާ އެޅުމުގެ ފީސިބިލިޓީ ހަދަނީ

417267_3_55175da911745b2bd9afafdc3de0aed334ebe0d6_large.jpeg

ކައުންސިލް އިމާރާތްތައް އެޅުމުގެ މަޝްރޫއުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކުރުމުގެ ރަސްމިއްޔާތު. -- ފޮޓޯ: މިހާރު

އޭދަފުށި ހިމެނޭހެން ރާއްޖޭގެ 50ކައުންސިލެއް އިމާރާތް ކުރުމުގެ މަސައްކަތުގެ ފީސިބިލިޓީ ހަދަން ޗައިނާގެ ޓީމެއް ރާއްޖެ އަންނަން ހަމަޖެހިއްޖެ އެވެ.

އެ ގޮތުން ޗައިނާ ސަރުކާރުގެ އެހީގައި އިމާރާތްކުރާ 50 ކައުންސިލް އިދާރާގެ މަސައްކަތުގެ ފީސިބިލިޓީ ހެދުމަށް އެޓީމް މިމަހު އަންނަން ހަމަޖެހިފައިވާ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

ރަށްރަށުގެ ކައުންސިލް އޮފީސް ގާއިމުކުރުމުގެ މަޝްރޫއެއް ފެށުމަށް ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ކައުންސިލް އިދާރާގެ އިމާރާތްކުރުމުގެ މަޝްރޫއުގައި ރަށް ހިޔާރުކުރާއިރު އެންމެ ބޮޑަށް ހަލާކުވެފައިވާ، އެންމެ ޖާގަ ކުޑަ އަދި އެންމެ ގިނަ ދުވަސްވީ ރަށްތަކަށް އިސްކަން ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ޗައިނާގެ އެހީގައި 50 ރަށެއްގެ ކައުންސިލް އިދާރާ އިމާރާތްކުރާއިރު ސަރުކާރުގެ ހަރަދުގައި 55 ކައުންސިލުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top