ހޯމަ ދުވަހުން ފެށިގެން މޫސުން ގޯސް: މެޓް

IMG_20220514_120640345.jpg

މޫސުން ގޯސް ދުވަހެއް

އަންނަ ހޯމަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސް ކޮށްފިއެވެ.

މެޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮންނަ ފަސް ދުވަހު ވެސް ރާއްްޖޭގެ ސަރަހައްދުގައި ކަނޑުތައް ގަދަވެ، ވައި ބާރުވެ ވިއްސާރަ ކުރާނެ ކަމަށެވެ.

އެގޮތުން، އާންމު ގޮތެއްގައި 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލާއި 45 މޭލާ ދެމެދު ވައި ޖެހޭނެ ކަމަށް މެޓުން ބުނެފައިވެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.

އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާ ތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް ވަނީ އެދިފައެވެ.

އީދު ބަންދާއި ގުޅިގެން ގިނަ ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށްފައިވާއިރު، އީދު ޗުއްޓީ ނިމެނީ ހޯމަ ދުވަހުއެވެ. އެހެންކަމުން އީދަށް ރަށްރަށަށް ގޮސް ތިބި މީހުން އެނބުރި އަންނަން ފަށާނީވެސް އެދުވަހު ކަން ފާހަގަ ކޮށްލެވެއެވެ.

އަންގާރަ ދުވަހަކީ ޗުއްޓީ ނިންމައި ސުކޫލުތަކާ އޮފީސްތައް ހުޅުވާ ދުވަހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top