ޝެފް ޑޭގެ ހަރަކާތްތަކަށް މަލްޓިޕާޕަސް ސަރަހައްދު މިރޭ ބަންދު

dfgdg.jpg

ދުނިޔޭގެ ޝެފުންގެ ދުވަސް ފާހަގަކުރުމުގެގޮތުން އޭދަފުށިގައި މިހާރު ކުރިޔަށްދާ ހަރަކާތްތަކުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށްޓަކައި އޭދަފުށީ މަލްޓިޕާޕަސް ބިލްޑިންގް ހިމެނޭ ސަރަހައްދަށް ދުއްވާ އެއްޗެތި ނުވަދެވޭގޮތަށް ބަންދުކުރަން ނިންމައިފިއެވެ.

އޭދަފުށި ކައުންސިލުން ބުނީ މިހަރަކާތްތަކުގައި ހިމެނޭ ބުފޭ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާތީ، މަލްޓިޕާޕަސް ބިލްޑިންގްހުރި މަގުކަމުގައިވާ މެރިންޑްރައިވް އެއްގަމު ފަރާތް ބަންދުކުރަން ނިންމީ ކަމަށެވެ. އެގޮތުން އެމަގުން އަތޮޅު ކައުންސިލް އިމާރާތާއި، އެސްޓީއޯ ބިލްޑިންގާ ދެމެދު މިރޭ އިރުއޮއްސި ހަޔަކުން މިރޭ 10:30ށް ބަންދުވާނެކަމަށް އޭދަފުށި ކައުންސިލުން ބުނެއެވެ.

ޝެފުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އޭދަފުށީގައި އިއްޔެއާ މިއަދުވެސް ދަނީ ކުލަގަދަ ހަރަކާތްތަކެއ ބާއްވަމުންނެވެ. އެގޮތުން މިއަދު ކުރިޔަށް ދަނީ ބ.އަތޮޅަށް ހުޅުވާލައިގެން ބާއްވާ “ކަލިނަރީ ޗެލެންޖް 2017” ގެ ނަމުގައި ބާއްވާ އިވެންޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top