ދުނިޔޭގެ ޝެފުންގެދުވަސް އޭދަފުށީގައި ފާހަގަކުރަން ފަށައިފި

DSCN8805.jpg

ދުނިޔޭގެ ޝެފުންގެ ދުވަސް އޭދަފުށީގައި ފާހަގަ ކުރުމުގެ ގޮތުން ތައުލީމީ މަރުކަޒުގެ ގްރޭޑް 1ން 5 އާދެމެދު ގެ ކުދިންބައިވެރިވި ހަރަކާތް - ފޮޓޯ : އޭދަފުށި ވޮއިސް

ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) ފަރާތުން އޭދަފުށީގައި ދުނިޔޭގެ ޝެފުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފަށައިފިއެވެ.

އެގޮތުން މިއަދު ހަވީރު ވަނީ މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދުވަހުގެ ޝިއާރާ ގުޅޭ “ހެލްދީ ހީރޯ” ގެ ދަށުން ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް އެކަކުން ފަހަކާ ދެމެދުގެ ދަރިވަރުންގެ މެދުގައި ބޭއްވި “މައި ހަރަކާތް ” ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ދަރިވަރުންނަށް ބޮޑަށް އޮޅުންފިލުވައި ދީފައިވަނީ  ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ކާނާ އާއި ތަރުކާރިއާއި މޭވާ ބޭނުންކޮށްގެން ހެދޭ ތަފާތު ބުއިންތަކާ ކެއުންތަކުގެ ރަހަ ދެއްކުމާ އެފަދަ ބުއިންތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމުގެ ގޮތުންނެވެ.

އޭދަފުށީ މަލްޓިޕާޕަސް ބިލްޑިންގގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސީޖީއެމް ރައީސާ އާއި މި މުުނާސަބާ ފާހަގަ ކުރުމަށް އޭދަފުށްޓަށް އެޖަމިއްޔާއިން ވަޑައިގެންނެވި ޝެފުންގެ ޓީމް  ދަރިވަރުންނާއެކު ބައިވެރިވިއެވެ.

ޝެފުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސީޖީއެމް އިން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބ.އަތޮޅަށް ހުޅުވާލައިގެން ބާއްވާ “ކަލިނަރީ ޗެލެންޖް 2017” ގެ ނަމުގައި ބާއްވާ އިވެންޓެވެ.  ޖުމްލަ 30 ޓީމް ބައިވެރިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ 9 ޖަހާއިރު މަލްޓި ޕާޕަސް ބިލްޑިންގ ހޯލުގައެވެ.

މި މުބާރާތާ ބެހޭ މައުލޫމާތު ދެއްވަމުން ސީޖީއެމްގެ ރައީސާ މަރްޔަމް ނޫރުއްދީން ވިދާޅުވީ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެއްފަހަރާ 30 ޓީމް ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމުގެ ބަދަލުގައި ފަހަރަކު 10 ޓީމް ބައިވެރި ކޮށްގެން ކަމުގައެވެ. އެގޮތުން 3 ބުރަކަށް ކުރިއަށް ގެންދާއިރު  މާދަމާ މުބާރާތް ނިމި ޖަޖުން އިންސާފުކޮށް ނިމޭނެ ކަމަށެވެ.

މަރްޔަމް ވިދާޅުވީ  “ކަލިނަރީ ޗެލެންޖް 2017” ގެ ނަތީޖާ ފާޅުކުރުން މާދަމާ ރޭ ވަރަށް ކުލަގަދަ ކޮށް އޭދަފުށީ ކައުންސިލާ އަތޮޅު ކައުންސިލާ ސީޖީއެމް ގުޅިގެން ބާއްވާނެ ކަމުގައެވެ. އެއާއެކު މި މުބާރާތުގެ ރަން ވަނަތަކަށް ހޮވޭ ކެއުންތަކާއި އެ ކެއުންތައް ތައްޔާރު ކުރި ފަރާތްތަކުގެ މައުލޫމާތުގެ އިތުރުން ކެއުން ތައްޔާރު ކުރާނޭ ގޮތް ހިމަނައިގެން އެޖަމިއްޔާއިން ނެރެން ހަމަޖެހިފައިވާ ފޮތުގައި ޝާއިއު ކުރެވޭނެކަމަށް ވިދާޅުވިއެވެ. 

މި މުބާރާތުގެ އެކި ވަނަތަކަށް ހޮވޭ ފަރާތްތަކަށް އޭދަފުއްޓާ ކައިރީގައި ހުރި ރިސޯޓް ތަކުން އިނާމާއި ފައިސާ ހުށަޙަޅާފައި ވާކަމަށާ އޭގެ ތެރޭގައި ސޮނޭވާއާއި ރޯޔަލް އައިލެންޑް އަދި ޑުސިތު ހިމެނޭކަން އެކަމަނާ ޝުކުރުވެރިކަމާއެކު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ބެސްޓްބައި ކޮމްޕެނީއަކީ ބ.އަތޮޅުގައި ބާއްވާ މި މުބާރާތުގެ މެއިން ސްޕޮންސަރ ކަމަށް ވާތީ އެފަރާތުންވެސް އިނާމާއި ފައިސާ ހުށަހަޅާފައިވާކަމަށް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top