މިއީ ”ދެމޫސުން ބެދޭ ވިއްސާރަ“

IMG_20220514_120640345.jpg

މޫސުން ގޯސް ދުވަހެއް

މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށުމާއި ދެމެދު ކުރާ ”ދެ މޫސުން ބެދޭ ވިއްސާރަ “ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 10 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭ ވެހޭނެ ކަމަށެވެ. ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދު ރާއްޖެ ތެރެއަށް ބޮޑަށް ވިއްސާރަ ކުރާނެ ކަމަށާއި، 13 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.

އޭގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ވިއްސާރަ ކުރަމުންދާނެ ކަމަށްވެސް މެޓުން ލަފާކުރެއެވެ.

މެޓް އޮފީހުގެ ތަފާސްހިސާބަށް ބަލާއިރު ފާއިތުވި 24 ގަޑިއިރުގެތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ބ. ދަރަވަންދޫއަށެވެ. އޭގެ އިތުރުން ކ. ގާފަރާއި އދ. މާމިގިއްޔަށް ވެސް ބޯކޮށް ވާރޭވެހިފައިވާ ކަމަށް މެޓް އޮފީހުގެ ތަފާސްހިސާބުތައް ދައްކައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top