މާޅޮހު ޑޮކްޓަރު ގެއްލިއްޖެ؟!

image-0-02-05-e67288dacb3762da3f13506d6188a11fcc44e29787ad6130024a0942535897cb-V.jpg

މާޅޮހުގައި މަސައްކަތް ކުރި ޕާކިސްތާނު ޑޮކްޓަރު މުހައްމަދު އަދުނާން. އޭނާ ގެއްލިގެން ދަނީ ހޯދަމުން / ފޮޓޯ: މާޅޮހު ސިއްހީމަރުކަޒު

ބ. މާޅޮހު ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަމުން ގެންދިޔަ ބިދޭސީ ޑޮކްޓަރު ހެލްތް މިނިސްޓްރީގައި އޮތް ޓެސްޓަކަށް މާލެދިއުމަށްފަހު “ގެއްލިފައިވާކަމަށް” ބ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ބަނގުލާދޭޝްގެ މީހެއްކަމުގައިވާ މާޅޮހު ޑޮކްޓަރ މުހައްމަދު އަދުނާނު، މީގެ ދެހަފްތާއެއްހާ ދުވަސްކުރިން މާލެފޮނުވީ ޑޮކްޓަރުންގެ ފެންވަރު ބެލުމަށް ހެލްތް މިނިސްޓްރީން ހަދަންޖެހޭ ޓެސްޓްތައް ހެދުމަށްކަމަށެވެ. ނަމަވެސް އޭނާ ދިޔަގޮތަށް އެނބުރި މާޅޮހަށް ނައިސްގެން ހޯދަމުންދާކަމަށް ހޮސްޕިޓަލްގެ އޮފިޝަލަކު ޔަގީން ކޮށްދެއްވިއެވެ.

“އަހަރެއްހާ ދުވަސްވެއްޖެ އޭނާ އެމަރުކަޒުގައި މަސައްކަތް ކުރާތާ. ދެން މިހާރު ސަރުކާރުގެ ގަވާއިދު އޮންނަ ގޮތުން ޑޮކްޓަރުންގެ ފެންވަރުބެލުމަށް ދޭނެ ޓެސްޓެއް. އެޓެސްޓަށް އޭނާ މާލެފޮނުވީ.”

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ޑޮކްޓަރުގެ ފޯނަށްވެސް ގުޅަން މަސައްކަތް ކުރިކަމަށާ، ފޯން އޮންނަނީ ނިއްވާލާފައިކަމަށެވެ. ހޮސްޕިޓަލްގެ މުވައްޒަފަކު ބުނީ ލަފާ ކުރެވޭގޮތުން އޭނާ ޓެސްޓުން ފާސްނުވާތީ މިހާރު ރާއްޖެއިން ބޭރަށް ގޮސްފައިވާކަމަށެވެ.

“ވަރަށްބޮޑަށް ލަފާކުރެވޭ އޭނާ ފުރައިގެން ދިޔައީކަމަށް.”

ޑޮކްޓަރަކު ވީނުވީއެއް ނޭނގި ގެއްލިގެން ބ. އަތޮޅުގެ ސިއްހީ އިދާރާއަކުން ހޯދަންފެށި މިއީ ފުރަތަމަ ފަހަރެވެ. އަތޮޅު ހޮސްޕިޓަލުން ބުނީ މިމައްސަލަ ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާކަމަށާ، މާޅޮހަށް އިތުރު ޑޮކްޓަރެއް ގެންނަން މަސައްކަތް ކުރަމުންދާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top