އިންޓަރ ސްކޫލް ބީޗް ވޮލީބޯޅަ ތަށި ގޮއިދޫން މިލްކް ކޮށްފި

image-0-02-05-e2b197c48f7aa0bcc6e6ae33b84ff59d1421c07f440f8ba60b25ead0eeadca57-V.jpg

ބ. ގޮއިދޫ ބީޗް ވޮލީބޯޅައިގައި މިދިޔަ އަހަރު ޗެންޕިއަންކަން ހޯދި ޓީމް ތައްޓާއި، މެޑަލްއާއެކު. މިއަހަރުގެ ބީޗް ވޮލީބޯޅަ ތަށި ގޮއިދޫން ވަނީ މިލްކް ކޮށްފައި / ފޮޓޯ: ގޮއިދޫން ޝާމް

މިހަފްތާ ބަންދުތެރޭގައި މާލޭގައި ކުރިޔަށްދިޔަ އިންޓަ ސްކޫލް ބީޗް ވޮލީ ބޯޅަ މުބާރާތުގެ ޗެންޕިއަންކަން ދިފާއީ ޗެންޕިއަން ގޮއިދޫ ސްކޫލް ހޯދައި ތަށި މިލްކް ކޮށްފިއެވެ.

ގޮއިދޫ ސްކޫލްގެ ދެޖިންސްގެ ޓީމްވެސް ފައިނަލް މެޗްގައި ބޮޑުތަފާތަކުން އިދިކޮޅު ޓީމްތައް ބަލިކުރީ ފަސޭހަކަމާއެކު ސީދާ 2 ސެޓުންކަމަށް ގޮއިދޫ ސްކޫލުން ބުނެއެވެ. ތަށި މިލްކް ކުރީ އަންހެން ޑިވިޜަންގެ ޓީމެވެ. އެޓީމް ވަނީ 16 އަހަރުން ދަށުގެ ބައިން 2015، 2016 އަދި މިއަހަރުގެ ޗެންޕިއަންކަން ހޯދާފައެވެ. ފިރިހެން ޑިވިޜަންގެ ޗެންޕިއަންކަން މިއަހަރު ގޮއިދޫ ޓީމް ހޯދީ އަލަށެވެ. މިދިޔަ އަހަރު ރަނައަޕް ކަން ހޯދިއިރު ފިރިހެން ބައިގައި 2015 ވަނައަހަރު ވާދައެއް ނުކުރެއެވެ.

ގޮއިދޫ ޓީމުގެ އޮފިޝަލަކު ބުނީ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ މާލޭގައި ކަމަށާ، ޓީމް އެނބުރި މާދަމާ ގޮއިދުއަށް އައުމަށް މަސައްކަތް ކުރަމުންދާކަމެވެ.

އެތުލެޓިކްސް އާއި ކުޅިވަރުގައި މުޅިރާއްޖޭގައިވެސް ފާހަގަކޮށްލެވޭ އަދި ގިނަ ރެކޯޑްތަކެއް ހަދާފައިވާ ގޮއިދޫ ސްކޫލުން ދެން އެންމެ އަވަހަށް މުބާރާތަކަށް ފުރާނީ އަންނަމަހުގެ 4 ގައެވެ. އެއީ އިންޓަރ ސްކޫލް އިންޑޯ ވޮލީބޯޅަ މުބާރާތެވެ. އިންޓަރ ސްކޫލް ކުޅިވަރު މުބާރާތްތަކުގައި ގޮއިދޫ ސްކޫލް ގަވާއިދުން ވާދަކުރަމުންދާއިރު، އަތޮޅުގެ ބޮޑެތި އެއްވެސް ސްކޫލަކުން މިފަދަ މުބާރާތަކަށް މިފަހުން ޓީމެއް ނުފޮނުވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top