ފުރަތަމަ ޓާމް ނިންމައި ދަރިވަރުން 23ދުވަހުގެ ޗުއްޓީއަކަށް

DSCN0204.jpg

ސްކޫލްތަކުގެ ދިރާސީ އަހަރުގެ ފުރަތަމަޓާމް ފުރަތަމަ ފަހަރަށް ޑިސެމްބަރު މަހު ނިންމައި ދަރިވަރުން 23 ދުވަހުގެ ޗުއްޓީއަކަށްހިނގައްޖެއެވެ

އެޑިޔުކޭޝަން މިނިސްޓްރީން މިއަހަރަށް ކަނޑައަޅާފައިވާ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ފުރަތަމަ ޓާމު ކިޔެވުން މިއަދު ނިމޭނެ އެވެ. މިއަހަރުގެ ފުރަތަމަ ޓާމު ފަށާފައިވަނީ އޯގަސްޓް މަހުގެ 10ގައެވެ. މި ޓާމުގައި ކިޔަވައިދީފައިވަނީ 89 ދުވަހުއެވެ.

ކޮވިޑް 19އާއި ގުޅިގެން މިދިޔަ އަހަރުގެ ގިނަ ދުވަސްތަކުގައި ކިޔަވައިދިނީ އޮންލައިންކޮށެވެ.

ދެވަނަ ޓާމު ފަށަން ހަމަޖައްސާފައިވަނީ އަންނަ ޖެނުއަރީ މަހުގެ 16ގައެވެ. ދެ ވަނަ ޓާމުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ 111 ދުވަހުއެވެ. އެހެން ކަމުން ދަރިވަރުންނަށް މި ބަންދުގައި ލިބޭނީ 23 ގެ ޗުއްޓީއެކެވެ. އެއީ މާދަމާއިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 15 އަށެެވެ.

އަންނަ އަހަރު ޖެނުއަރީ 16ގައި ދެ ވަނަ ޓާމު ފަށަން ހަމަޖައްސާފައިވާއިރު، އެ ޓާމު ނިމޭނީ އަންނަ އަހަރުގެ ޖޫން މަހުގެ 30ގައެވެ. ޖުލައި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ސްކޫލްތަކުގެ އަހަރީ ޗުއްޓީ ފެށޭއިރު، އެއް މަސް ދުވަހަށްވުރެ ގިނަ ދުވަސް ދަރިވަރުންނަށް ޗުއްޓީގެ ގޮތުގައި ލިބެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top