ފޯރިގަދަ ފުޓުބޯޅަ މުބާރާތެއް. ”އޭދަފުށި ކަޕް“ ފެށުން އަންނަ ހުކުރު ދުވަސް ، !

156842461-1118164828629536-2379310164707668995-o-1536x1027-800x535-800x535.jpg

2021 ވަނަ އަހަރު ބޭއްވި އޭދަފުށި ކަޕްގެ މެޗެއް

އޭދަފުށީ ކައުންސިލުން އުފައްދާފައިވާ ”ކްލަބް އޭދަފުށި“ގެ ފަރާތުން އަންނަ ހުކުރު ދުވަހު ”އޭދަފުށީ ކަޕް“ 2ވަނަ ފުޓުބޯޅަ މުބާރާތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އޭދަފުށީ ކައުންސިލުގެ ނާއިބު ރައީސް، އަލީ ޝަފީގު ވިދާޅުވި ގޮތުގައި މިއަހަރުގެ މުބާރާތުގައި އޭދަފުށިން ފަސް ޓީމު ބައިވެރިވެއެވެ. އެއީ އެމްއޭ ޔުނައިޓެޑް، ހުސްސޮންގުން، ވެލާ ސްޕޯޓްސް ކްލަބް، އިރުމަތި އެފްސީ އަދި އޭދަފުށި ކައްކާނި އެވެ.

އޭދަފުށީށީ ޓާފް ދަނޑުގައި ކުޅޭ މި މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށް ދާނީ ލީގު އުސޫލުންނެވެ.  އެއަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެވަނަ އާއި ތިންވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކަށެވެ.

އަލީ ވިދާޅުވީ މި މުބާރާތް މިދިޔަ އަހަރު ނުބޭއްވި ދިޔައީ ކޮވިޑްގެ ސަބަބުން ކަމަށް ވިޔަސް މިއަހަރުން ފެށިގެން ގަވާއިދުން ކޮންމެ އަހަރަކުވެސް އޭދަފުށީ ކަޕް ކުރިއަށް ގެންދާނެ ކަމަށެވެ.

”މަގުސަދަކީ އޭދަފުށީ ޒުވާނުން ފުޓުބޯޅައަށް އަހުލުވެރި ކުރުވުމާއި ފުޓުބޯޅައިން އޭދަފުށި ހޯދާފައިވާ ރީތި ނަން ދެމެހެއްޓުން. އަދި ގައުމީ ފެންވަރުގެ މޮޅު ކުޅުންތެރިން ތަކެއްވެސް އުފެއްދުން. “އަލީ ވިދާޅުވި އެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯ އެވެ. ކޯ ސްޕޮންސަރަކީ އެލް މޯބައިލް، ކޮކާ ކޯލާ، އެމްޔޫ އިސްޓޯރު، ސީވިއު ބިސްޓްރޯ، ސޯސަން ފިހާރަ އަދި ޔަމަހާ އެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރަކީ ހެޕީ މާކެޓް ޓްރޭޑިންގް އެވެ. ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top