އިއްޔެ އެންމެ ގިނައިން ވާރޭވެހުނީ ދަރަވަންދޫއަށް

big_C6fzvTrcPElZj65x4SNBGZ31r.jpg

13 ޖަނަވަރީ 2021 ދަރަވަންދޫއަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވުމުން ޕަންޕު ޖަހައިގެން ދަރަވަންދޫ މަގެއްގައި ހެދިފައިވާ ފެންގަނޑު ހިއްކަނީ ---ފޮޓޯ :ޕީއެސްއެމް

މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އިއްޔަ އެންމެ ގިނައިން ވާރޭވެހިފައިވަނީ ބ. ދަރަވަންދޫއަށް ކަމަށާއި 58 މިލިމީޓަރުގެ ވާރޭ، އެރަށަށް ވެހިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް )އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި ކުރިއަށް އޮތް ދެތިން ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެއެވެ. އަދި ބައެއް ސަރަހައްދުތަކަށް  ބޯކޮށް ވާރޭ ވެހި، ގުގުރުން ވެސް އެކަށީގެންވާ ކަމަށް ބުންޏެވެ.

ދަރަވަންދުއަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް މެޓުން ރިޕޯޓު ކޮށްފައިވާއިރު ބ.މާޅޮހުގައިވެސް އިއްޔެވަނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވެފައެވެ.

މިކަމާގުޅިގެން މާޅޮހު ކައުންސިލުގެ ރައީސް އަބްދުﷲ ސުޖާއު ވިދާޅުވީ މާބޮޑު ގެއްލުންތަކެއް ލިބިފައިވާކަން އަދިފާހަގަ ނުކެރެވޭ ކަމަށާއި އެހެންނަމަވެސް ބައެއް ގޭގެއަށް ފެން ވަނުމުގެ ސަބަބުން ޑީފްރީޒަރ ފަދަ ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ރައްޔިތުން ގުޅިގެން ކުރަމުން އަންނަކަމަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top