ކުނި ނައްތާލުމުގައި ކިހާދުއަކީ ނަމޫނާއެއް- ޝައުނާ

big_fAKxr8StKRdvMey9iDMlU4RIk.jpg

ކިހާދޫގައި ހުންނަ ކުނި ނައްތާލާ މަރުކަޒު--ފޮޓޯ؛ ޕީއެސްއެމް

ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގައި ބ.ކިހާދުއަކީ ނަމޫނާއެއް ކަމަށާއި މުޅި ރާއްޖެއަށް އެ ނަމޫނާ ދައްކާފައިވާކަމަށް މިނިސްޓަރ އޮފް އެންވަޔަރންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއެޖެއެވެ.

އެންވަޔަރުމަންޓް މިނިސްޓަރު މިހެން ވިދާޅުވީ ސޮނޭވާ ނަމޫނާ ޕްރޮޖެކްޓްގެ ދަށުން ކުނި ނައްތާލުމުގެ މަސައްކަތް ކުރާ ބ.އަތޮޅުގެ 7 ރަށަކާއި ނ.އަތޮޅުގެ 3 ރަށަކާއި ހދ.މަނުކުނުދޫ ހިމެނޭހެން ކިހާދޫގައި ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސޮނޭވާ ނަމޫނާގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމަށް ކައުންސިލްތަކުން ކަނޑައަޅާފައިވާ އެއްބަސްވުންތަކުގައި ސޮއިކޮށް، ކުނީގެ މައްސަލަ ހައްލުކުރުމަށް ހުރި ގޮންޖެހުތައް ސަރުކާރަށް ހުށަހެޅުމަށް ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކިހާދޫއަކީ ދެމެހެއްޓެނިވިި ގޮތެއްގައި ކުނި ނައްތާލުމުގެ ނަމޫނާ ރަށެއްކަމަށާއި، އެކަން އެންމެ ބޮޑަށް ފެނިގެންދިޔައީ އެރަށު ކުނިކޮށީގައި ނުވަތަ އީކޯ ސެންޓްރޯގައި ބޭއްވި މެންދުރުގެ ފަރިއްކޮޅަށް ފަހުގައި ކަމުގައެވެ.

ސޮނޭވާ ނަމޫނާގެ ދަށުން ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާ މި އެގާރަށާއެކު ބޭއްވި ޕެނަލް ޑިސްކަޝަންއަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ ކެއުން އޮތީ ކިހާދޫ ކުނިކޮށީގަ އެވެ. މިނިސްޓަރު ވިދާޅުވީ ތަނުގެ ސާފު ތާހިރުކަމާއި އެއްވަރަށް ކުނި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ރާއްޖޭގެ އެހެން ރަށްރަށުގައި ނުކުރާހައި ރައްކާތެރިކަމާއެކު ކަމަށާއި އެކަން ހާސިލް ކުރުމަށް ސަރުކާރުން ދޭންޖެހޭ ކޮންމެ އެއްބާރުލުމެއް ކައުންސިލްތަކަށް ފޯރުކޮށްދޭނެކަމަށެވެ.

“ކުނިކޮށްޓެއް ކަމަށް އިހުސާސް ނުވޭ އެއީ އެހާ ސާފުތާޙިރު އެތަން އަދި ކުނި ނައްތާލުމުގައި ގެންގުޅޭ އުސޫލާ ރައްޔިތުންގެ އެއްބާރުލުން އެކަމުގައި ލިބޭ މިންވަރު ވަރަށްބޮޑަށް ފެނިގެން ގޮސްފި” ޝައުނާ ވިދާޅުވިއެވެ.

މި 11 ރަށުން ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރާވަރު މަދުކޮށް ނައްތާލުމަށް ހުށައެޅި އެންމެ މުހިންމު އެއްކަމަކީ ސަރުކާރު ހިއްސާވާ ފެންކުންފުނި އެމްޑަބްލިއުއެސްސީން ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން ހުއްޓާލައި ރިސޯޓުތަކަށް ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ބޭނުން ކުރުން ހުއްޓުވުމެވެ.

މިނިސްޓަރ ވިދާޅުވީ މިކަން ހާސިލް ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އެގޮތުން ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރައްކާތެރި ފެން ފޯރުކޮށްދިނުމަށް ހިންގޭ މަޝްރޫއުކަމަށެވެ.

މިޕެނަލް ޑިސްކަޝަންގައި ޓޫޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް އާ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ ޗެއަރ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާ އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފްގެ އިތުރުން ރައީސް އޮފީހުގެ ސިޔާސަތު ކަނޑައަޅާ ޑިޕާޓްމަންޓްގެ އިސްވެރިންނާއި ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ބައިވެރިވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top