ޕައިލެޓުންގެ މުސާރައިން އުނިކުރިބައި އިއާދަކުރިކަން އަންގައިފި

b_jEVCnLPEzPhP5nUxx3iWE2D3e.jpg

މޯލްޑިވިއަންގެ ފްލައިޓެއް ---ފޮޓޯ : މޯލްޑިވިއަން

ކޮވިޑާ ގުޅިގެން ގައުމީ މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރައިން އުނިކުރި ފައިސާގެ ތެރެއިން 80 އިންސައްތަ، އަންނަ މަހުން ފެށިގެން ރުޖޫއަ ކުރާނެ ކަމަށް ޕައިލެޓުންނަށް އަންގައިފި އެވެ.

އައިލެންޑް އޭވިއޭޝަނުން ޕައިލެޓުންނަށް ފޮނުވާފައިވާ ލިޔުމުގައި ވަނީ އުނިކުރި މުސާރައަށް އަންނަ މަހުން ފެށިގެން ބައެއް އިތުރުކޮށްފައިވާ ކަމަށެވެ.

އެކުންފުނިން ވަނީ ކުރިން ދެމުން އައި ފުލް މުސާރަ އަންނަ ޖެނުއަރީން ފެށިގެން ދޭން ނިންމައިފަ އެވެ.

މޯލްޑިވިއަންގެ ޕައިލެޓުން ވަނީ އެމީހުންގެ މުސާރަ އިޔާދަ ނުކުރާ މައްސަލައިގާ މި މަހު މުޒާހަރާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކޮށްފަ އެވެ.

ޕައިލެޓުންގެ މުސާރައިން އުނިކުރި ބައިގެ 80 އިންސައްްތަ އަންނަ މަހު އިއާދަ ކުރާނެ ކަމަށް އަންގާފައިވާއިރު ސިވިލްސާވަންޓުން ވެސް ވަނީ އެމީހުންގެ މުސާރައާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top