އޭދަފުށި ސެމީއަށް

DSCN1696.jpg

މިއަދު ކުޅުނު އޭދަފުށި -ހިތާދޫ މެޗްގައި ހިތާދޫ ކުޅުންތެރިއަކު . ފޮޓޯ :އީވީ

މިހާރުކުޅެވެމުންދާ ބ.އަތޮޅު ކައުންސިލް ބަށި މުބާރާތުގައި މިއަދު ހިތާދޫ އާ ބައްދަލުކޮށް މޮޅުވުމުން އޭދަފުށީ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

މިމުބާރާތުގައި ހިތާދޫއާ ބައްދަލުކޮށް އޭދަފުށި މޮޅުވެފައިވަނީ ކުޑަ ތަފާތަކުންނެވެ. އޭދަފުށްޓާ ވަރަށް އެއްހަމަ އެއްގައި ކުޅުނު ހިތާދޫ ޓީމް ބަލިވިކަމުގައި ވިޔަސް މެޗްގައި ބޮޑު ތަރުހީބެއް އޮތީ ހިތާދު އަށެވެ. މެޗުގައި ހިތާދޫއަށް ހެދިފައިވަނީ ޖުމްލަ21 ލަނޑު ކަމަށް ވާއިރު އޭދަފުށި މޮޅުވެފައިވަނީ 25 ލަނޑާއެކުގައެވެ.

dscn1700

މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާޅޮހާއި އޭދަފުށްޓެވެ. މި މެޗުން އޭދަފުށި މޮޅުވެއްޖެނަމަ ފައިނަލުގައި އެއްކޮޅުން ބައްދަލުކުރާނީ އޭދަފުށްޓެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ހިތާދުއާއި ގޮއިދޫ އެވެ.

މިއަދުގެ ދެވަނަ މެޗް-މާޅޮސް -ގޮއިދޫގެ މެޗުގެ ތެރެއިން

މިއަދުގެ ދެވަނަ މެޗް-މާޅޮސް -ގޮއިދޫގެ މެޗުގެ ތެރެއިން

މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ 3:45ގައި އޭދަފުށީ ދެކުނުފަރާތު ހިއްކި ބިމުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top