ތ. އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްރަށް ތަރައްގީކުރުމަށް ކޮންމެ ރަށަކަށް އެއްލައްކަ ރުފިޔާ

ERXi8ceGSTsCHgCl5tzderXaHNZhfxz97S1nnPEY.png

ތ.އަތޮޅު ކައުންސިލުން އެއަތޮޅުގެ ކޮންމެ ރަށަކަށް އެއްލައްކަ ރުފިޔާގެ އެހީއެއް ވެދީފިއެވެ.

އަތޮޅު ކައުންސިލުން އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް މިއެހީ ދީފައިވަނީ އަތޮޅު ކައުންސިލުގައި މަޝްވަރާ ކުރުމަށްފަހު އެރަށްރަށުގައި ހިންގާ އިޖުތިމާޢީ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ގޮތުންނެވެ.

ރަށު ކައުންސިލުތަކަށް ހަވާލުކޮށްފައިވާ މި ފައިސާއަކީ މާލޭގައި ހުންނަ ތ. އަތޮޅުގެ ފިހާރައަށް މިއަހަރު ކުލީގެ ގޮތުގައި ލިބުނު 2.5 މިލިޔަން ރުފިޔާގެ ތެރެއިން ދިން ފައިސާ އެވެ.

ކައުންސިލުތަކަށް ފައިސާ ދޫކޮށްފައިވަނީ މިިދިޔަ މަހުގެ ނިޔަލަށް ރަށްރަށުގައި ކުރިއަށް ގެންދާނެ މަޝްރޫއުތަކުގެ މައްޗަށް ޕްރޮޕޯސަލް ތައްޔާރުކޮށް ހުށައެޅުމުންނެވެ. މިގޮތުން މި ފައިސާ ދީފައިި ހުރީ ދެމެހެއްޓެނިވި، ފައިދާ ކުރަނިވި ގޮތަކަށް ރަށުގައި އުފެދޭ ކުނި މެނޭޖް ކުރުމަށާއި ބަނދަރު ތަރައްގީ ކުރުމަށާއި ބަނދަރުގައި މަސްކަނޑާ ތަން ހެދުމަށެވެ.

މީގެ އިތުރުން ސިއްހީ މަރުކަޒު ލެބޯޓްރީ އިމާރާތް ކުރުމަށާއި ހިނަވާގެ އެޅުމަށާއި މަގުބައްތި ސޯލަރ ލައިޓަށް ބަދަލުކުރުމަށްވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނެވެ. މި އެހީގެ ދަށުން އަތިރިމަތި ތަރައްގީ ކުރުމަށާއި ސްކޫލް ތަަރައްގީ ކުރުމަށް ހިންގާ މަޝްރޫއުތަކާއި ކުޑަކުދިންގެ ޕާކް ހެދުން ފަދަ މަޝްރޫއުތަކަށްވެސް ފައިސާ ދީފައިވެއެވެ.

އަތޮޅުޅު ކައުންސިލުން ހާމަކުރި ގޮތުގައި ފައިސާގެ އެހީތެރިކަންް ފޯރުކޮށްދިނުމަށް ނިންމީ ރައްޔިތުންނަށް ވީހާވެސް ބޮޑަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ. ހަމައެހެންމެ ރަށު ކައުންސިލަށް މި ފައިސާ ބޭނުން ކުރެވޭނީ ރައްޔިތުންނަށް ފައިދާ ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެކަނި ކަމަށް ވިދާޅުވިއެވެ.

އަތޮޅު ކައުންސިލުން ބުނީ ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލަމުން ގެންދާނެ ކަމަށާއި މިއަހަރުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފަށަން ޖެހޭނެކަމަށެވެ. އަދި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ޚަރަދު ކުރި ގޮތުގެ ތަފްސީލް އަތޮޅު ކައުންސިލަށް ހުށައަޅަން ޖެހޭނެކަމަށްވެސް އަތޮޅު ކައުންސިލުން ބުނެއެވެ.

ބ.އަތޮޅު ކައުންސިލުން އެބަ އަޑުއަހަން ހެއްޔެވެ؟

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top