ޕެނަލްޓީގައި އޭދަފުށި ކާމިޔާބު ހޯދައި ކުއާޓަރަށް

img-8325-1536x1025-1.jpeg

ގޯލްޑެން ފުޓްސަލް މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުގައި އޭދަފުށި، މާފަންނާއި ވާދަކުރި މެޗު ޕެނަލްޓީ ޖަހައިގެން އޭދަފުށި ކާމިޔާބުކޮށް ކުއާޓާ ފައިނަލް އިން ޖާގަ ހޯދައިފިއެވެ.

އޭދަފުއްޓާއި މާފަންނު ކުޅުނު މެޗު ވާދަވެރިކޮށް ފެނުނު އިރު، އެ މެޗު ޕެނަލްޓީގައި އޭދަފުށިން ކާމިޔާބު ކުރީ 5-7 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް އޭދަފުށި ޓީމަށް ލިބުނު ކައުންޓަރ އެޓޭކެއްގައި އެ ޓީމަށް ފުރަތަމަ ގޯލެއްޖަހާ ލީޑު ނަގައިދިނީ ނިޝާންއެވެ. މުހައްމަދު ފާސިރު ގޯލު ކުރިމައްޗަށް ހުރަސް ކޮށްދިން ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެން އޭދަފުށި ޓީމަށް ލީޑު އިތުރުކޮށްދިނީ އަލީ ފާސިރު (ސެންޓ)ޭ އެވެ.

މާފަންނު ޓީމުގެ ޝުހެއިލް އަށް އޭދަފުށި ޓީމުގެ މެދެއްހާ ހިސާބުން ލިބުނު ބޯޅަ ހިފައިގެން އަރިމައްޗަށް ޖެހިލާ ފޮނުވާލި ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެން މާފަންނު ޓީމުން މެޗުގެ ފަރަގު ކުޑަކުރިއެވެ. ފުރަތަމަ ހާފު ނިމުނީ 2-1 ގެ ނަތީޖާ އަކުން އޭދަފުށި ކުރީގަ އޮވެގެންނެވެ.

ވާދަ ވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ދެވަނަ ހާފުވެސް ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް އޭދަފުށިން ގޯލެއް ޖަހާ ލީޑު ފުޅާކުރިއެވެ. މި ގޯލު އޭދަފުށި ޓީމަށް ކާމިޔާބުކޮށްދިނީ އިޝާމްއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 3-3 އިން އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ގައި މެޗުގައި ފުރަތަމަ އޭދަފުށިން ދެ ގޯލުގެ ލީޑެއް ނެގިއެވެ. އެއީ އިޝާން އިބްރާހީމް (ސައްޓު) އާއި އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލުތަކުންނެވެ. އޭގެ ފަހުން މާފަނުންގެ ހުސައިން ސުހައިލް ގޯލު ޖަހައި ހިތްވަރެއް ހޯދައިން އިރު، އޭދަފުށީގެ ތިންވަނަ ގޯލު ޖަހައިދިނީ ނިޝާމް މުހައްމަދު ރަޝީދެވެ.

އޭދަފުށީގެ ސެންޓޭއާއި އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ)ގެ އިތުރުން ހައިޝަމް ހަސަން (ބިޑި) އަދި މުހައްމަދު ފާސިރު ޕެނަލްޓީ ކާމިޔާބު ކުރިއެވެ.

ކުއާޓާ ފައިނަލްގައި އޭދަފުށި ވާދަކުރާނީ ތިމަރަފުއްޓާ ދެކޮޅަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top