އަންހެނުން ކޮމެޓީގެ މުސާރަ ބޮޑުކުރާނަން: ރައީސް

large_170909860530uZJG.jpg

ރައީސް ށ. ފުނަދޫގައި-- ފޮޓޯ/ މޫސާ ނަދީމް

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންގެ މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އުތުރުގެ ހަތަރު އަތޮޅަކަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ށ. ފުނަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް މިހާރު ދެމުން އަލަވަންސް މުސާރައަކަށް ބަދަލުކޮށް، މުވައްޒަފުންނަށް ދޭން ޖެހޭ ހުރިހާ އިނާޔަތްތައް ލިބޭނެ ގޮތް ހައްދަަވައިދެއްވާނެ ކަމަށެވެ. އަދި އެ މެންބަރުންނަށް މިހާރު ދެމުން އަންނަ އެލަވަންސްތަކަކީ މުސާރައިގެ އިތުރުން ލިބޭ އެއްޗެއްގެ ގޮތުގައި ކަނޑައަޅުއްވައިދެއްވާނެ ކަމަށެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި ދެނީ ފިކްސްޑް އެލަވަންސްގެ ގޮތުގައި ލިބޭ އަދަދަކާއި ސިޓިން އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކުު އެ ލިބޭ އަދަދެކެވެ. ފިކްްސްޑް އެލަވަންސްގެ ގޮތުގައި ކޮމިޓީގެ ކޮންމެ މެންބަރަކަށް އެއްވެސް އުނިއިތުރަކާ ނުލައި އެ އަދަދު ލިބެއެވެ. އެހެން ނަމަވެސް އެ މެންބަރަކު ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް ސިޓިން އެލަވަންސްގެ ގޮތުގައި އަދަދެއް ދޭއިރު، އެ އެލަވަންސް ކޮންމެ މަހަކު ވެސް ދެނީ ގިނަވެގެން ހަތަރު ބައްދަލުވުމަށެވެ. އެހެންކަމުން މިހާރު އެ ކޮމެޓީތަކުގެ މެންބަރުންނަށް މަހަކު 6،000 ވަރަކަށް ރުފިޔާ ލިބެއެވެ.

ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މުސާރައަށް އެކަށީގެންވާ ހެޔޮބަދަލު ގެނައުމަކީ ގާނޫނަށް އިސްލާހު ގެނެސްގެން ކުރެވޭނެ ކަމަކަށްވާތީ، އެ ކަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ވިސްނުމުގައި ތިބި މެންބަރުންތަކެއް ތިބެންޖެހޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

“ސަރުކާރުގެ ވިސްނުމުގައި މަސައްކަތްކުރާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއެއް އޮތުމަކީ މިކަހަލަ މުހިންމު ކަންކަން ކުރުމުގައި ދާދި ފަސޭހަ ކަމަކަށްވާނެ. އެހެންވީމާ އަޅުގަނޑުމި ޔަގީންކަން ދެނީ އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒުކޮށްދޭ ރައްޔިތުންގެ މަޖިލީހެއް އޮވެއްޖެ ނަމަ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ހުރިހާ ކޮމިޓީތަކަކުން އެދެމުންދާ ހުރިހާ ކަމެއް އެއީ ގާނޫނުގެ ތެރެއިން އަޅުގަނޑު ވަރަށް ތާއީދުކުރާ ކަންކަމަށްވީމަ ބަދަލުކޮށްދޭނަމޭ” ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މިހާރު އަތޮޅަތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެ މަނިކުފާނު ގެންދަވަނީ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުއްވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top