ސޯސަން ފިހާރައިން ރާއްޖެއަށް ޕަސްކުއަލް ފުލްކްރީމް މިލްކު ތައާރަފްކޮށްފި

190263202-529562338060786-4363626704201811095-n.jpg

ހޯލްސޭލް ވިޔަފާރީގައި ރާއްޖެއަށް މަޝްހޫރު ސޯސަންފިހާރަ އިން ރާއްޖެއަށް ޕަސްކުއަލް ފުލްކްރީމް މިލްކު ތައާރަފް ކޮށްފި އެވެ.

ސޯސަން ފިހާރައިން ޕަސްކުއަލް ފުލް ކްރީމް މިލްކު ތައާރަފް ކޮށްފައިވާ އިރު ރާއްޖޭ ގެ ގިނަ ބަޔަކަށް ކަމުގޮސްފައިވާ ސްޕެއިން ގެ މަޝްހޫރު ޕަސްކުއަލް ބްރޭންޑްގެ ޔޯގަޓްވެސް ރާއްޖެ އެތެރެކޮށް މާކެޓް ކުރަނީ ސޯސަން ފިހާރައިންނެވެ.

ސޯސަން ފިހާރައަކީ ދިވެހިންނަށް އެންމެ ކަމުދާ ކާނާގެ ތަފާތު ބާވަތްތައް ބަލައިގެން ދުނިޔޭގެ މަޝްހޫރު އެކި ބްރޭންޑުތަކުގެ ކާނާއާއި އެހެނިހެން ބާވަތްތައް ދިވެހިންނާ ހަމައަށް ރަނގަޅު އަގުގައި ގެނެސްދެމުންދާ ބައެއްކަން ފާހަގަ ކުރެވެ އެވެ.

މިގޮތުން ޕިލްސްބަރީ ބްރޭންޑްގެ ކޭކުފުށާއި އާޓާ ފުށް އަދި ޝާން ބްރޭންޑްގެ އެކި ވައްތަރުގެ ރިހަ ކައްކަން ބޭނުންކުރާ ހަވާދުގެ ބާވަތްތަކާއި މިނޫނަސް ރައްޔިތުން އެންމެ ބޭނުންވާ ތަކެތި ބަލައިގެން އެތަކެތި ރާއްޖެއަށް ތައާރަފް ކުރުމުގައި ސޯސަން ފިހާރައަކީ މާލޭ ބާޒާރުގައި އެންމެފާހަގަ ކުރެވޭ އެއް ނަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top