ލިންޒީ އިއްޔެ އުޅުނީ ދޮންފަނުގައި

lindsay-752x435.jpg

ލިންޒީއާއި އޭނާގެ ކޮއްކޮ ،ދޮންފަނުގައި

ބ.އަތޮޅުގައި އޮންނަ އަމިއްލަފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް އައިސްއުޅޭ ހޮލީވުޑްގެ މަޝްހޫރު ފަންނާނު ލިންޒީ ލޯހަން އެރިސޯޓް ކައިރީގައި އޮންނަ ދޮންފަނަށް އިއްޔެ ހިނގައްޖެ އެވެ.

ދޮންފަނުގައި އޭނާ ހޭދަކުރަމުން ދިޔައީ ދުނިޔޭގެ އެހެން ތަންތަނަށް ގޮސް އުުޅޭއިރު ދިމާވާ ޕަޕަރާޒީންގެ އުދަނގުލާ ، ހަށިފާރަވެރިއެއް ވެސް ނެތި ވަރަށް މިނިވަން ކަމާއެކުގައެވެ.

އޭނާއާއެކު މިދަތުރު ބައިވެރިވި އަންހެން ކޮއްކޮ އަލިއާނާ އާ އާ ދެމީހުން އިއްޔެ ދޮންފަނަށްގޮސް އެރަށު މީހުންގެ ދިރިއުޅުން ފެނިފައި ބުނީ މިއީ ވަރަށް ހިތް ފަސޭހަ މާހައުލެއް ކަމުގައެވެ.

ދޮންފަނުގގައި އޭނާ ނަގާފައިވާ ފޮޓޯތައް އިންސްޓގްރާމްގައ އޭނާ ފޮޅޮކުރާ އެތައް ހާސް މީހުންނަށް ހިއްސާ ކުރަމުން އެއް ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ ”މިއަދު އަހަރެންނަށް ދޮންފަނުގެ ރީތި ދެ އަންހެންކުދިންނާބައްދަލު ވެއްޖެ ކަމަށާ މިއީ ވަރަށް ހިތްފަސޭހަ ރަށެއް ކަމުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top