ވަޒީފާގެ ބިރުދެއްކުން ހުއްޓާލުމަށް އެމްޕީ. ސަލީމް ގޮވާލައްވައިފި

0-02-06-46af17f47a20797601025af190e19bc781e9b92dd5204edb90a92910330755b7_36f23763.jpg

''ވެލާ ޖަގަހަ "ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޕީ.ސަލީމް ވާހަކަ ދައްކަވަނީ

އޭދަފުށީގައި ހުންނަ ސަރުކާރުގެ ބައެއް އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަކޮށް ފެނަކައިގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދެއްކުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ގޮވާލައްވައިފިއެވެ.

ސަލީމު މިހެން ވިދާޅުވީ އާ ދައުރަކަށް ސަލީމު ކުރިމަތިލެއްވުމާ ގުޅިގެން ސަލީމުގެ ކެމްޕޭން ޖަގަހަ އެއްގެގޮތުގައި އޭދަފުށީގެ ހުޅަނގު އަވަށުގެ ޒުވާނުން ކޮޅެއް އުފެއްދި”’ވެލާ ޖަގަހަ” ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސަލީމަށް ތާއީދުކުރާ ގިނަ އަދަދެއްގެ ޒުވާނުންނާ އިސް ރަށްވެރިންވެސް ބައިވެރިވި މި ރަސްމިއްޔާތުގައި ސަލީމު ވިދާޅުވީ ޚާއްސަކޮށް ފެނަކައިގެ ދާއިރާގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި ފާޑުފާޑުގެ އިންޒާރު ދިނުމާއި އެމީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާ މިސަރުކާރު އައީ އެއްވެސް މުވައްޒަފަކަށް ބިރު ނުދައްކަން ހުވާކޮށްގެން ކަމުގައެވެ. އެހެންވީމާ އެއްވެސް މީހަކަށް ބިރެއް ނުދެއްކޭނެ ކަމަށް ވިދާޅުވިއެވެ.

“އެފަދަ މުވައްޒަފުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެއްގޮތަކަށްވެސް ބިރު ނުގަންނާށޭ. އެގޮތުން ވަޒީފާ ގެއްުލުނު ކޮންމެ މީހަކަށްވެސް އެއަށްވުރެ ބޮޑު މުސާރައާއެކު ވަޒީފާ ދޭން އަޅުގަނޑު ތައްޔާރު. “މަޝްހޫރު ރެޑްވޭވް ކުންފުނީގެވެސް ވެރިޔާ ވިދާޅުވިއެވެ.

ސަލީމުގެ ވާހަކަ ކުރިއަށް ގެންދަވަމުން އޭދަފުށީގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތައް ހުއްޓިފައިވާތީ  ދެކެވެމުން އަންނަ ވާހަކަތަކުގެ ހަގީގަތްވެސް ސާފުކޮށްދެއްވި އެވެ.

އޭނާ ވިދާޅުވީ މަގުހެދުމުގެ މަސައްކަތް މިވަގުތަށް ހުއްޓިފައި އޮތް ނަމަވެސް އެއީ ހިނގަމުން ދާނެ ކަމެއް ކަމުގައެވެ.

“އެމަސައްކަތަށް މި އަހަރުގެ ބަޖެޓްގައި 17 މިލިއަން ރުފިޔާ ހިމަނާފައިވާނެ .އެހެންވީމާ އެކަން ކުރިއަށް ހިނގާނެ ކަމުގެ ޔަގީން ކަން އެބައޮތް. ހަމައެއާއެކު އަތޮޅު ހޮސްޕިޓަލްގައި ހަބުރީގެ އިމާރާތެއްވެސް ކުރެވިގެން ދާނެ. ”

މި ކަމުގެ ތަފްސީލް ދެމުން އޭނާ ވިދާޅުވީ މި އަހަރުގެ ބަޖެޓް، މަޖިލީހަށް ހުށަހެޅި އިރު ހޮސްޕިޓަލް މަޝްރޫއު ނުވެސް އޮންނާނެ ކަމުގައެވެ. އެކަމަކު ފަހުން ބަޖެޓް ކޮމިޓީ ތެރެއިން މަސައްކަތް ކޮށްގެން އަތޮޅު ހޮސްޕިޓަލުގައި އިމާރާތެއް އެޅުމަށް 20 މިލިއަން ރުފިޔާ އޮންނާނީ ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތަސް ރަށްރަށް ތަރައްގީ ކުރުމަކީ އެ ސަރުކާރަކަށް ވާޖިބު ކަމެއް ކަމަށް ވާއިރު އެކަން ކުރިއަށް ނުދާނަމަ އެމީހަކު ޖެހޭނީ ވެރިކަން ދޫކޮށްލާށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top