މަސްތުވާތަކެތީގެ މައްސަލައެއްގައި އޭދަފުށިން މީހަކު ހައްޔަރުކޮށްފި

aasraf_ee96fcf91e-2048x1229-1.png

ޑްރަގް އެތެރެކޮށް ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބ. އޭދަފުށިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ބ. އޭދަފުށި/ އަޅިވިލާގެ، އަސްރަފް ޔޫސުފް (34އ) އެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގަ އެވެ.

ފުލުހުން ބުނީ ރޭ އޭދަފުށީ މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top