ކެންދޫ ކައުންސިލްގެ ތިޖޫރި ވަގަށް ނަގައިފި

DSCN5338-849x637.jpg

ކެންދޫ

ގިނަ އަދަދެއްގެ ފައިސާ އާއެކު ބ. ކެންދޫ ކައުންސިލްގެ ތިޖޫރި ރޭ ވަގަށް ނަގައިފިއެވެ.

ކެންދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އަބްދުއްރަޝީދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ ތިޖޫރި ވަގަށް ނަގާފައިވާ ކަން އެނގުނީ މިއަދު އޮފީސް ހުޅުވިއިރު ތިޖޫރި ފެންނަން ނެތުމުން ކަމުގައެވެ. ތިޖޫރީ ވަގަށް ނަގާފައިވަނީ ކައުންސިލްގެ މައި ދޮރާއި ތިޖޫރީ ހުރި ކޮޓަރީގެ ދޮރުގެ ތަޅު ހަލާކުކޮށްލައިގެންނެވެ.

އޭނާ ވިދާޅުވީ ވަގަށް ނެގި ތިޖޫރީގައި 188،925 ރުފިޔާ ހުންނާނެ ކަމަށާ އެފައިސާ އަކީ ކައުންސިލަށް އެކި ގޮތްގޮތުން ލިބިފައި ހުރި ފައިސާ އާއި، މުވައްޒަފުންގެ މުސާރަ ނެގުމަށް މިއަދު އޭދަފުއްޓަށް ދާއިރު، އެ ފައިސާ ޖަމާކުރަން ގެންދަން ނިންމާފައިވާ ކަމަުގައެވެ. އެ ފައިސާ ޖަމާކުރުމަށްޓަކައި އިއްޔެ ވަނީ ހުރިހާ ލިޔުންތައް ވެސް ތައްޔާރުކޮށް ނިންމާފައި ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

ތިޖޫރީ ވަގަށް ނަގާފައިވަނީ ކައުންސިލްގެ މައި ދޮރާއި ތިޖޫރީ ހުރި ކޮޓަރީގެ ދޮރުގެ ތަޅު ހަލާކުކޮށްލައިގެންނެވެ.

ތިޖޫރީ ވަގަށް ނެގި މައްސަލަ މިހާރު އެ ރަށުގައި ތިބޭ ފުލުހުން ތަގުގީގު ކުރަމުން އަންނަ ކަމަށް ރަށު ކައުންސިލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top