ބ.އަތޮޅު ކައުންސިލުން އިބޫއަށް މަރުހަބާ ކިޔައިފި

DSCN6125.jpg

ބ.އަތޮޅު ކައުންސިލުގެ އިދާރާ -އީވީ ފައިލް ފޮޓޯ

ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސް ކަމުގެ މަގާމަށް އިބްރާހީމް މުހައްމަދުސާލިހު (އިބޫ ) އާއި ނައިބު ރައީސް ކަމުގެ މަގާމަށް ފައިސަލް ނަސީމް އިންތިޚާބު ވުމާއި ގުޅިގެން ބ.އަތޮޅު ކައުންސިލުގެ ފަރާތުން އެ ދެބޭފުޅުންނަށް މަރުހަބާ ކިޔައިފިއެވެ.

މަރުހަބާ ދެންނެވުމުގެ ގޮތުން މިއަދު ބ.އަތޮޅު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ރައްޔިތުން އިންތިޚާބު ކޮށްފައިވާ އިބްރާހީމް މުހައްމަދު ސޯލިހުއަށާއި ނައިބު ރައީސް ފައިސަލް ނަސީމަށް ބ.އަތޮޅު ކައުންސިލާއި ބ.އަތޮޅު ރައްޔިތުންގެ ނަމުގައި ވަރަށް ހޫނު މަރުހަބާ އެއް ކިޔާ ކަމުގައެވެ. އަދި ބ.އަތޮޅު ކައުންސިލާއި އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުން ސަރުކާރު ދެމެހެއްޓުމަށް ޓަކައި ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވެއެވެ.

ކައުންސިލްގެ ބަޔާން ނިންމާލާފައިވަނީ އިބޫގެ ޒައާމަތުގައި ކުރިއަށް އޮތް 5 އަހަރަކީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް ތަނަވަސްކަމާއި ބާއްޖަވެރި ދުވަސް ތަކަކަށް އެދި ދުއާ ކުރަމުންނެވެ.

ބ.އަތޮޅު ކައުންސިލުގައި ތިއްބަވަނީ އެމްޑީޕީގެ ދެ މެންބަރުންނާއި ޖުމްހޫރީޕާޓީގެ މެންބަރެކެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު