ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސް

20180816_110435-1.jpg

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

އެގޮތުން ހއ.އަތޮޅުން ފެށިގެން އއ.އަތޮޅާ ހަމައަށް ވައިޓްއެލާޓް ނެރެފައިވާއިރު ގދ.އަތޮޅާއި އައްޑުއަތޮޅާއި ދެމެދުގެ ރަށްތަކަށް ވެސް ވަނީ ވައިޓްއެލާޓް ނެރެފައެވެ. މި ސަރަހައްދުތަކަށް ވައިޖެހޭނެކަމަށް ލަފާ ކޮށްފައިވަނީ ގަޑިއަކު 40 މޭލުގެ ބާރު މިނުގައެވެ. ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު 14:00 އާއި ހަމައަށެވެ.

މީގެ އިތުރުން ވ.އަތޮޅުން ފެށިގެން ގއ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މި ސަރަހައްދުތަކަށް ގުގުރުމާއި އެކު އެސަރަހައްދަށް ބޯކޮށް ވާރޭ ވެހި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު 10:00 އާއި ހަމައަށެވެ.

ދެކުނާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާ ކުރެއެވެ.

މިހެން ކަމުން ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެންވާކަމެއް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top