އުމުރުން 13އަހަރުގެކުއްޖަކު ސްކޫލްތެރޭގައި ވިހައިފި

437045-girl-pregnancy-700-1.jpg

އިންޑިއާގެ މަދަޕޫރުގެ ސްކޫލެއްގައި ގްރޭޑް9 ގައި ކިޔަވަމުން އަންނަ އުމުރުން 13 އަހަރުގެ ކުއްޖަކު އެސްކޫލްގެ ވޮޝްރޫމް ތެރޭގައި ވިހައިފިއެވެ.

” ކްލާހުގައި ކިޔަވަންއިންދާ ބަނޑުގައި ރިއްސަންފެށުމުން ހަދާނެގޮތް ނޭގިގެން ޓީޗަރުގާތު ބަނޑުގައި ރިއްސާ ވާހަކަ ބުނުމުން ޓީޗަރވެސް އެކަން މާބޮޑުކަމަކަށް ނުހަދައި ބުނީ ވޮޝްރޫމަށް ދިއުމަށެެވެ. ކުޑަކުޑައިރުކޮޅެއްގެ ތެރޭގައި އެނގުނީ އެތަނުގައި އޭނާ ވިހައިގެން އުޅޭ ކަމެވެ.” ޒީ ނިއުސްގައިވެއެވެ.

13 އަހަރުގެ މިކުއްޖާ ވިހެއީ އަންހެން ކުއްޖެކެވެ. ސްކޫލުން މިކަން އެކުއްޖާގެ މައިންބަފައިންނަށް އެންގުމުން އެމީހުންނަށް މިކަމުން ލިބުނީ ކުއްލި ހައިރާންކަމެއްކަމަށާއި މީގެ ކުރިންމިކަހަލަ ކަމެއް ފާހަގަ ނުކުރެވޭކަމަށް މަންމަ ބުނެފައި ވެއެވެ.

ވިހެއުމަށް ފަހު އެދެމައިންގެ ހާލުވެސް ރަނގޅެވެ. މިހާރު ދެމައިންވަނީ އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މަދަޕޫރުގެ ގަވަރންމަންޓްސްކޫލުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެހާ ދުވަސްވީއިރުވެސް ދަރިވަރު ބަނޑުބޮޑުކަން ފާހަގަ ކުރެވިފައިނުވަނީ އޭނާ ސްކޫލަށް އަންނަނީ އަޅާފައިވާ ސްކާފުން ބަނޑު ކަވަރުކޮށްގެން ކަމަށާއި ކްލާހުގެ ބެންަޗްގައި އިންނައިރުވެސް އޭނާގެ ދަބަސް ބާއްވަނީ ކުރިމަތީގައި ކަމަށްވާތީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top